Last Updated: June 8, 21:45
Monday, June 8, 2026
މުނިފޫހިފިލުވުން

'ހޯމްބައުންޑް' ގެ ޓްރެއިލާ މިހާރު ބަލާލެވޭނެ

ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ "ހޯމްބައުންޑް" ގެ ޓްރެއިލާ މިއަދު ދައްކާލައިފި އެވެ.

މި މަހުގެ 26 ގައި ސިނަމާތަކަށް ދޫކޮށްލަން ހަމަޖެހިފައިވާ މި ފިލްމަކީ ބެލުންތެރިންނާއި ކްރިޓިކުންގެ ލޯބި ވެސް ވަރަށް ބޮޑަށް ލިބުނު 2015 ގެ "މަސާން" ގެނެސްދިން ނީރަޖް ގިވާން ޑައިރެކްޓްކޮށްފައިވާ ޑްރާމާއެކެވެ.

"ހޯމްބައުންޑް" ގެ ލީޑް ކާސްޓްގައި ހިމެނީ އެކީގައި 2018 ގެ ފިލްމު "ދަޅަކް" އިން ބޮލީވުޑަށް ނުކުތް އިޝާން ޚައްތަރާއި ޖާންވީ ކަޕޫރްގެ އިތުރުން އާންމުކޮށް ސަޕޯޓިން ރޯލުތަކުން ފެންނަ ވިޝާލް ޖެތުވާ އެވެ.

"ހޯމްބައުންޑް" ބެލުންތެރިންނަށް މި ދޫކޮށްލަނީ މި ހަފުތާގައި ނިންމައިލި ޓޮރޮންޓޯ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް (ޓީއައިއެފް) އާއި މި އަހަރުގެ މެއި ބޭއްވި ކާންސް ފިލްމު ފެސްޓިވަލްގައި ވެސް ޕްރީމިއާ ކުރުމަށް ފަހު އެވެ.

މި ފިލްމު ހަދާފައި ވަނީ ކޮވިޑްގެ ބަލިކަމަޑުކަމުގެ ތެރޭގައި ކުރިމަތިލާން ޖެހުނު ހާދިސާތަކަކާ ގުޅޭ ގޮތުން ކަޝްމީރަށް ނިސްބަތްވާ ނޫސްވެރިޔާ/ލިޔުންތެރިޔާ ބަޝާރަތު ޕީރް ލިޔުނު "އަ ފްރެންޑްޝިޕް، އަ ޕެންޑެމިކް އެންޑް އަ ޑެތު ބިސައިޑްސް އަ ހައިވޭ" އަށް ބިނާކޮށެވެ.

"ހޯމްބައުންޑް" ގެ ޕްރޮޑިއުސަރެއްގެ ގޮތުގައި ހޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު/ޕްރޮޑިއުސަރު މާޓިން ސްކޮސީސް ވެސް ހިއްސާވާެ އެވެ.