Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

މީޑިއާ ބިލް ތަސްދީގު ނުކުރަން ސީޕީޖޭ އިން ގޮވާލައިފި

ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރި މީޑިއާ ބިލް ތަސްދީގުނުކޮށް އަނބުރާ ފޮނުވައިލަން ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) އިން ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް ގޮވާލައިފި އެވެ.

އެ ޖަމިއްޔާ އިން ސޯޝަލް މީޑިއާ ޕޯސްޓެއްގައި ބުނީ ނޫސްވެރިންގެ މަސައްކަތްތަކަށް ހުރަސްއަޅައި، ސަރުކާރުގެ ކޮންޓްރޯލުގެ ދަށަށް ނޫސްވެރިން ގެނައުމަށް ބާރުދޭ ބިލު ފާސްކުރުމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. އެހެންވެ މިނިވަން ނޫސްވެރިކަން ހިމާޔަތްކުރަން މި ސަރުކާރުން ވީ ވައުދު ދަމަހައްޓައި މި ބިލު ތަސްދީގު ނުކޮށް، އަނބުރާ ފޮނުވާލުމަށް އެދިފައިވެ އެވެ.

މީޑިއާ ކޮންޓްރޯލްކުރާ ބިލު ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރީ ނޫސްވެރިންނާއި އާންމުން ވެސް އެ ބިލާ ދެކޮޅަށް އަޑު އުފުލަމުން ދަނިކޮށެވެ. އަދި އެ ބިލު ތަސްދީގު ނުކުރަން ރައީސަށް ރާއްޖެ އާއި ރާއްޖެ އިން ބޭރުގެ އެކި ފަރާތްތަކުން އަންނަނީ ގޮވައިލަމުންނެވެ.