ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ގަވާއިދާ ހިލާފަށް ޑޮލަރު މާރުކުރަން އުޅުނު ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެއާޕޯޓުގެ ރިސޯޓް ކައުންޓަރުތައް ކައިރީގައި ގަވާއިދާ ހިލާފަށް ބޭރުފައިސާ މާރުކުރާކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝް އަށް ނިސްބަތްވާ ރަފިޤުލް އިސްލާމް، 3، ކަމަށެވެ.
އަދި އޭނަ އަކީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ. ޓޫރިސްޓު ޕޮލިހުން ރަފީގުލް ހައްޔަރުކޮށް ބަލައިފާސްކުރި އިރު 68،000 އަށް ވުރެ ގިނަ ދިވެހި ރުފިޔާ އާއި 1،700 އަށްވުރެ ގިނަ ޑޮރުގެ އިތުރުން އެކި ގައުމުތަކުގެ ފައިސާ ވެސް ފެނިފައިވެ އެވެ.

މި މައްސަލައާ ގުޅިގެން އޭނަގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ބަންދަށް 15 ދުވަސް ޖަހާފައިވެ އެވެ.