ޕާސްޕޯޓް ކާޑުގެ ހިދުމަތް ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.
އިމިގްރޭޝަނުން ބުނީ ޕާސްޕޯޓް ކާޑުގެ ހިދުމަތް ވަގުތީ ގޮތުން މެދުކަނޑާލީ ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތްތަކެއް މި ވަގުތު ކުރިއަށްދާތީ ކަމަށެވެ.
ނަމަވެސް އެ ހިދުމަތް އަލުން ފެށޭނެ އިރެއް ހާމައެއް ނުކުރެ އެވެ.
ޕާސްޕޯޓު ކާޑަކީ ބޭންކު އޭޓީއެމްތަކުން ފައިސާ ނެގޭ، ޑްރައިވިން ލައިސަންސްގެ ގޮތުގައި ބަލައިގަނެވޭނެ ކާޑެއް ވެސް މެ އެވެ. އަދި އިންޝޫރެންސް ކާޑުގެ ގޮތުގައި ވެސް ޕާސްޕޯޓު ކާޑު ބޭނުން ކުރެވެ އެވެ.