އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ނޮން އެގްޒެކްޓިވް ޑިރެކްޓަރެއްގެ ގޮތުގައި ހަސަން ކަލާމް އައްޔަންކޮށްފިއެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޗީފް އިސްލާމިކް ބޭންކިން އޮފިސަރުގެ މަގާމު އަދާކުރައްވަމުން ގެންދަވާ ކަލާމް އަކީ ފައިނޭންޝަލް ސާވިސަސް އަދި ބޭންކިން އިންޑަސްޓްރީ ގައި 13 އަހަރަށް ވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެކެވެ. އަދި އޭނާ އަކީ އެ ބޭންކުގެ އިސްލާމިކް ބޭންކިން ހިދުމަތްތައް ކުރިއެރުވުމަށް މުހިންމު ދައުރެއް އަދާކޮށްދެއްވާފައިވާ ލައިސެންސްޑް ޝަރީއާ އެޑްވައިޒަރެކެވެ.
ކަލާމް ވަނީ މެލޭޝިޔާގެ އިންޓަނޭޝަނަލް ސެންޓާ ފޯ އެޑިއުކޭޝަން އިން އިސްލާމިކް ފައިނޭންސް (އައި.އެން.ސީ. އީ.އައި.އެފް) އިން މާސްޓަސް ޑިގްރީ އިން އިސްލާމިކް ފައިނޭންސް ހާސިލުކުރައްވާފައެވެ. އަދި ކަލާމްއަކީ ޗާޓަޑް އިންސްޓިޓިއުޓް އޮފް އިސްލާމިކް ފައިނޭންސް ޕްރޮފެޝަނަލްސްގެ ސީނިއާ އެސޯސިއޭޓް މެންބަރެއްވެސްމެއެވެ.
ކަމާލް އައްޔަންކުރުމާއެކު، އެސްޑީއެފްސީގެ ބޯޑުގެ ޑިރެކްޓަރުންނަކީ:
– މުހައްމަދު ޝަރީފް، މ. އިފާއު، މާލެ
– ބަދުރުއްދީން ހަސަން، ހިކިފިނިފެންމާގެ، ހދ. ކުޅުދުއްފުށި
– ފާތިމަތު ފާރިހަތު ވަހީދު، ގ. މާވެހި، މާލެ
– ޙަސަން ކަލާމް، ގ. ގުޑް ލައިފް، މާލެ
– ފާތިމަތު އަޒްމާ، ނަސަރީ، މިސްކިތްމަގު، ޏ. ފުވައްމުލައް
– އަހްސަލް މުހައްމަދު، ބަޝީމާގެ، ހއ. ހޯރަފުށި
– ފާތިމަތު ޔަމްނާ، އަލިމަސްވިލާ، ސ. މީދޫ