އައްޑޫ ހުޅުމީދޫގައި ހުންނަ ސ. އަތޮޅު މަދަރުސާގެ ޕްރިންސިޕަލަކަށް ނާޒްނީން އާބްދުﷲ ހަމަޖައްސައިފި އެވެ.
އޭނަ އެންމެ ފަހުން ހުންނެވީ ބ. އަތޮޅު މަދަރުސާގެ ޕްރިންސިޕަލަކަށެވެ. އެ ސްކޫލުގައި ނާޒްނީން ފަސް އަހަރު މަސައްކަތްކޮށްފައިވެ އެވެ.
އައްޑޫ ހިތަދު އަށް ނިސްބަތްވާ ނާޒްނީން ތަޢުލީމީ ދާއިރާއާ ގުޅިވަޑައިގެންނެވީ 2000 ގެ ތެރޭގަ އެވެ.
ސ. އަތޮޅު މަދަރުސާގައި 600 އަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުން އަންނަ އިރު، އެ ސްކޫލުގައި މި އަހަރު އަލުން އޭ ލެވެލް އަށް ވެސް ކިޔަވައި ދޭން ފަށައިފަ އެވެ.
އެ ސްކޫލްގެ ޕްރިންސިޕަލަކަށް ނާޒްނީން ހަމަޖެއްސީ ކުރިން އެ މަގާމުގައި ހުންނެވި އައިމިނަތު ޒީނިއާ މިދިޔަ ޖުލައި މަހުގެ ތެރޭގައި އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ ސުޕްރިންޓެންޑަކަށް ބަދަލުވެވަޑައިގަތުމާ ގުޅިގެންނެވެ.