Last Updated: July 7, 07:55
Tuesday, July 7, 2026
ޚަބަރު

އޭޑީވީ160އޭޕީ މޮޑެލްގެ ސައިކަލުތަކަށް ޕްރޮޑަކްޓް އަޕްޑޭޓްކޮށްދެނީ

ހޮންޑާ ސައިކަލުގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރު ޝީޝާ އާއި ހޮންޑާ މޮޓޯ ކޯ ލިމިޓެޑް ގުޅިގެން 2023ގެ އޭޑީވީ160އޭޕީ މޮޑެލްގެ ސައިކަލުތަކަށް "ޕްރޮޑަކްޓް އަޕްޑޭޓް" ކޮށްދިނުމަށް ހާއްސަ ކެމްޕޭނެއް ފަށައިފި އެވެ.

މިއީ ރާއްޖޭގައި ވިއްކާފައިވާ އޭޑީވީ160އޭޕީ, މޮޑެލް އަހަރު؛ 2023 ގެ ބައެއް ސައިކަލު ތަކުގެ އިންޖީނު ތެޔޮ ޕަންޕުގެ ބަޔަކަށް ބަދަލު ގެނައުމާ ގުޅިގެން، އެ ސައިކަލުތަކުގައި ހުންނަ ބައިބައި މަރާމާތުކުރުމަށް ހިންގާ ކެމްޕޭނެކެވެ.

މި ޕްރޮޑަކްޓް އަޕްޑޭޓަކީ ހޮންޑާގެ އުފެއްދުންތައް ބައިނަލްއަގްވާމީ މިންގަނޑާ އެއްގޮތްވާ ގޮތުގެ މަތިން، ރައްކާތެރިކަމާއި، ގިނަ ދުވަހު ސައިކަލުގެ ޓޮޕް ކޮންޑިޝަންގައި ދެމެހެއްޓުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެކެވެ. ހޮންޑާ ކޯ ލިމިޓެޑަކީ ގަވައިދުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުންނަ މާކެޓް ޔުނިޓްތައް ބަލަހައްޓަމުން އަދި ޓެސްޓް ކުރަމުންއަންނަ ކުންފުންޏެކެވެ. މި މަރުހަލާގައި ބައެއް ފަހަރު އެ މީހުންގެ ރައްކާތެރިކަމުގެ މިންގަނޑަށް ނުފެތޭ ވަކި ކޮމްޕޯނެންޓެއް ފެނުން އެކަށީގެންވެއެވެ. މި މަސައްކަތުގެ މަގުސަދަކީ ހަމައެކަނި ޖެނުއިން ހޮންޑާ ސްޕެއާ ޕާޓްސް ބޭނުންކޮށްގެން މިފަދަ ކޮމްޕޯނެންޓްތައް "ޕްރޮއެކްޓިވް"ކޮށް ބަދަލުކުރުމެވެ.

ޝީޝާއިން ބުނީ ރާއްޖޭގެ ހަމައެކަނި އޮފިޝަލް ޑިސްޓްރިބިއުޓަރުގެ ހައިސިއްޔަތުން ޝީޝާއަކީ މި ކެމްޕޭން ކުރިއަށް ގެންދާ ހަމައެކަނި ކުންފުންޏަށް ވާއިރު، މި ހިދުމަތް ބޭނުންވާ ކަސްޓަމަރުންނަށް ހޮންޑާ ސެޓިފައިޑް ޓެކްނީޝަނުންގެ ފަރާތުން އެންމެ މަތީ ފަންތީގެ ހިދުމަތެއް ލިބޭނެކަން ކަށަވަރު ކޮށްދޭނެ ކަމަށެވެ.

"ކޮންމެ މަރާމާތެއްގެ ކޮލިޓީ އާއި ރައްކާތެރިކަން ކަށަވަރުކޮށް، މި ޕްރޮޑަކްޓް އަޕްޑޭޓް ދޫކުރުމުގެ ހުއްދަ ދީފައިވާ ހަމައެކަނި ފަރާތަކީ އަޅުގަނޑުމެން. ހުރިހާ ބައިތަކަކާއި މަސައްކަތްތެރިން ހިމެނޭ ފުރިހަމަ އަޕްޑޭޓް ފޯރުކޮށްދޭނީ ކަސްޓަމަރުންނަށް އެއްވެސް އަގަކާ ނުލައި،" ޝީޝާއިން ބުންޏެވެ.

ކޮންމެ ކަސްޓަމަރަކާ ހަމައަށް ވެސް ވާސިލްވޭތޯ ބެލުމަށް ޝީޝާއިން ވަނީ މި މޮޑެލްތަކުގެ ސައިކަލު ގެންގުޅޭ ހުރިހާ ވެރިންނަށް ސިޓީ ފޮނުވާފައެވެ.

މީގެ އިތުރުން ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދިނުމަށާއި ކަސްޓަމަރުންގެ އެއްވެސް އިންކުއަރީއެއް ބެލެހެއްޓުމަށް ހާއްސަ، ކަސްޓަމަރ ސަޕޯރޓް ނަންބަރެއްގެ ގޮތުގައި 9980180 ވަނީ ހަމަޖައްސާފައެވެ. އަދި މި މުއްދަތުގެ ތެރޭގައި ސްކޭމް ކޯލް ނުވަތަ މެސެޖްތައް ކުރިމަތިވެދާނެ ކަމަށް ބަލައި އެކަމަށް ސަމާލުވުމަށް ކަސްޓަމަރުންނަށް އެ ކުންފުނިން ވަނީ ވަރަށް ބޮޑަށް އިލްތިމާސްކޮސްފައެވެ. ޝީޝާއިން ބުނީ މި ޕްރޮޑަކްޓް އަޕްޑޭޓް އާއި ގުޅޭ ހުރިހާ ރަސްމީ މުއާމަލާތެއް ސީދާ ޝީޝާއިން ލިބޭނެ ކަމަށެވެ.

ޝީޝާއަކީ ޒަމާނުއްސުރެ ރާއްޖޭގައި ހޮންޑާ ސައިކަލުގެ އެކްސްކްލޫސިވް އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރުގެ ގޮތުގައި ހަރަކާތްތެރިވަމުން އަންނަ ކުންފުންޏެކެވެ. އެ ކުންފުނީގެ މައިގަނޑު އަމާޒަކީ ކަސްޓަމަރުންގެ ސަލާމަތާއި ހިތްހަމަޖެހުން ކަށަވަރުކޮށް، ކަސްޓަމަރުން އެ ކުންފުންޏަށް ކުރާ އިތުބާރު ދެމެހެއްޓުމެވެ.