ރާއްޖޭގައި ސިއްޙީ ޚިދުމަތްދޭ ތަންތަނާއި އެތަންތަނުން ދޭ ޚިދުމަތްތަކުގެ މަޢުލޫމާތު އެއް ވިއުގައަކުން ބެލޭ ގޮތަށް، ޚާއްސަ ސޮފްޓްވެއާއެއް އިފްތިތާޙުކޮށްފި އެވެ.
އެ މިސޮފްޓްވެއާ އިފްތިތާހުކުރީ އިއްޔެ ފާހަގަކުރި "ވޯލްޑް ޕޭޝަންޓް ސޭފްޓީ ޑޭ" ފާހަގަ ކުރަން ބޭއްވި ރަސްމިއްޔާތުގައި ފަސްޓްލޭޑީސާޖިދާ މުޙައްމަދުއެވެ.
ހެލްތު އެސްޓެބްލިޝް މެނޭޖްމަންޓް ސިސްޓަމް (ހެމްސް) ގަމުހައި އިފުތިތާހުކުރި ސޮފްޓްވެއާ އަކީ ސިއްޙީ ޚިދުމަތްތަކާ ގުޅޭ ސައްޙަ މަޢުލޫމާތު ބަލިމީހުންނާއި ރައްޔިތުންނަށް ލިބޭނެ ނިޒާމެކެވެ. އެ ސިސްޓަމްގައި ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ސިއްޙީ ޚިދުމަތްދޭ ތަންތަނާއި، އެ ތަންތަނުގައި މަސައްކަތްކުރާ ފަންނުވެރިންނަކީ ކޮބައިކަމާއި އެތަންތަނުގައި ދިނުމަށް ހުއްދަ ދީފައިވާ ސިއްޙީ ޚިދުމަތްތަކުގެ މަޢުލޫމާތު ބަލައިވޭނެ އެވެ.
ހެލްތު މިނިސްޓްރީން ބުނީމިއީ ބަލިމީހުންގެ އިތުބާރު ސިއްޙީ ނިޒާމަށް ބޮޑުވެ ބަލިމީހުންގެ ރައްކާތެރިކަމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.