ސޭފްޓީ ޕާތުވޭ ރާއްޖޭގެ ތިން ހޮސްޕިޓަލެއްގައި ގާއިމު ކުރަން ނިންމައިފި އެވެ.
މިކަން ހެލްތު މިނިސްޓްރީން އިއުލާންކުރީ އިއްޔެ ފާހަގަކުރި "ވޯލްޑް ޕޭޝަންޓް ސޭފްޓީ ޑޭ" ފާހަގަ ކުރަން ބޭއްވި ރަސްމިއްޔާތުގަ އެވެ.
ބައިނަލްއަޤްވާމީ ސިއްޙީ ޖަމްޢިއްޔާއެއް ކަމަށްވާ ޖޮއިންޓް ކޮމިޝަން އިންޓަނޭޝަނަލް (ޖޭސީއައި) ގެ ޕޭޝަންޓް ސޭފްޓީ ޕާތުވޭ ގާއިމު ކުރަން ނިންމި ތިން ހޮސްޕިޓަލަކީ އައިޖީއެމްޗާއި ހުޅުމާލެ ހޮސްޕިޓަލްގެ އިތުރުން އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއިއެޗް) އެވެ.
މިއީ ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ، ޑަބްލިއުއެޗްއ÷ގެ މިންގަނޑަށް، ބަލިމީހުންގެ ރައްކާތެރިކަން ކަށަވަރުކުރާކަން ދެނެގަތުމުގެ ބެސްޓް ޕްރެކްޓިސްތައް ތަންފީޒުކުރޭކަން ކަށަވަރުކުރާ ނިޒާމެކެވެ.
އިއްޔެ ވަނީ "ޖޭސީއައި ޕޭޝަންޓް ސޭފްޓީ ޗެމްޕިއަންސް" ތަމްރީންކުރުމުގެ މަސައްކަތް ވެސް އިފުތިތާޙުކޮށްފަ އެވެ. މިއީ ސިއްޙީ ނިޒާމުގައި ބަލިމީހުންނަށް ބޭނުންވާ އަޅާލުމާއި އޯގާތެރިކަމާއި އެ މީހުންނަށް ދޭން ޖެހޭ ރައްކާތެރިކަން ދޭކަން ކަށަވަރު ކުރުމަށް މަސައްކަތްކުރުމަށް ކުރީ ސަފުގައި މަސައްކުރުމަށް ތަމްރީންކުރާ 7 ޗެމްޕިއަނުންނެވެ.
އެ ފަރާތްތައް މެދުވެރިކޮށް، މުޅި ރާއްޖޭގެ ހޮސްޕިޓަލްތަކާއި ސިއްޙީ ޚިދުމަތްދޭ ތަންތަނުގެ މުވައްޒަފުން ތަމްރީން ކުރާނެ އެވެ.