ޝައިހް މުހައްމަދު އަނީލްގެ ވަރަށް ހާއްސަ ދަރުހެއް މިރޭ އައްޑޫ މަރަދޫފޭދޫގައި ބާއްވަން ހަމަޖެހިއްޖެ އެވެ.
މަރަދޫފޭދޫ އަވަށު އޮފީހުން އިންތިޒާމުކުރާ މި ދަރުސް އޮންނާނީ އެ އަވަށުގެ ބަނދަރު ސަރަހައްދުގަ އެވެ. ދަރުސް ފަށާނީ 8:30 ގަ އެވެ.
ހިތަދޫގެ ޖަމިއްޔާއެއް ކަމަށްވާ ނޫރުލް އިސްލާމްގެ ރައީސް ޝެއިހް އަނީލްގެ މިރޭގެ ދަރުހުގެ މައުޟޫއަކީ "ސްކްރީނާ ދުރުގައި ދަރިންގެ ތަރުބިއްޔަތު ކުރުން" އެވެ.
އެހެންވެ މިރޭ ދަރުސް ވާނީ މައިންބަފައިންނާއި ބެލެނިވެރިންނަށް ވެސް ވަރަށް ބޭނުންތެރި ދަރުހަކަށެވެ. އިންޓަނެޓާ އެކު މިހާރު ސްމާޓް ޑިވައިސްތައް ބޭނުން ކުރާ މިންވަރު ވެސް ވަރަށް ބޮޑަށް އިތުރުވެފައިވާ އިރު، ކުދން މިފަދަ ޑިވައިސްތަކަށް ދެވިހިފައި އެކަމުން ތަފާތު ގެއްލުންތައް ކުރިމަތިވަމުން ދިއުމަކީ މި ފަހަކަށް އައިސް ވަރަށް ގިނަ ބެލެނިވެރިންނަށް ކުރިމަތިވެފައީވާ މައްސަލައެކެވެ.
މީގެ ސަބަބުން އެތަކެއް ގޮންޖެހުންތަކެއް މައިންބަފައިންނާއި ބެލެނިވެރިންނަށް ކުރިމަތިލާން ޖެހިފައިވެ އެވެ.