މާލޭގައި ހުންނަ މަޝްހޫރު ހޮޓާ، ބާސެލޯ ނަސަންދުރާގައި އަލިފާނުގެ ހާދިސާއެެއް ހިނގައިގެން ސިފައިން ހަރަކާތްތެރިވާން ފަށައިފި އެވެ.
އެތަނުގެ ބައެއްގައި އަލިފާން ރޯވެފައިވާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ އިރުމ އެތެރޭގައި ވަރަށް ބޮޑަށް އަލިފާން ރޯވެފައިވާ ތަން ފެނެ އެވެ.
މިކަމާ ބެހޭ އިތުރު ތަފުސީލެއް އަދި ނުލިބެ އެވެ.
މާލޭގެ މޫނުމަތިން ބޮޑުތަކުރުފާނުގައި މަގުގައި ހުންނަ ނަސަންދުރަ އަކީ ރާއްޖޭގެ އެންމެ ބޮޑު އެއް ސިޓީ ހޮޓެލެވެ. އެތަން ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ބަންދުކޮށްފައި ހުރުމަށް ފަހު، ވަރަށް ބޮޑެތި ބަދަލުތަކަކާ އަކު ޒަމާނީ ފެންވަރަށް ތަރައްގީކޮށް ހުޅުވީ މި އަހަރުގެ އެޕްރީލް މަހުގެ ތެރޭގަ އެވެ.
"ބާސެލޯ ނަސަންދުރަ ހިންގަނީ ސްޕެއިންގެ ހޮޓެލް ޗެއިން ބާސެލޯ ގްރޫޕުންނެވެ.