އާންމުންގެ ތެރޭގައި ބޮޑު މަގުބޫލު ކަމެއް ހޯދި ހޮލީވުޑްގެ ކޮމެޑީ ހޮރޯ "އެނަކޮންޑާ" ފިލްމު ސީރީޒްގެ އާ ބައެއް މި އަހަރުގެ ޑިސެމްބަރުގައި ގެނެސްދޭން ތައްތާރުވާން ފަށައިފި އެވެ.
އެ މަހުގެ 25 އަށް ތާވަލުކޮށްފައިވާ ފިލްމުގެ ނަމަކީ "އެނަކޮންޑާ" އެވެ. މީގެ ޓްރެއިލާ ވެސް މިހާރު ވަނީ އާންމުކޮށްފަ އެވެ.
މިއީ އެ ނަމުގައި 1997 ގައި ގެނެސްދިން "އެނަކޮންޑާ" ރީއިމޭޖިންއެއްގެ ގޮތުގައި ގެނެސްދޭ ފިލްމެކެވެ. "އެނަކޮންޑާ" ސީރީޒްގެ ފެށުން ކަމަށްވާ އެ ފިލްމަކީ ލުއިސް ލޯސާ ޑައިރެކްޓްކުރި ފިލްމެކެވެ. އޭގެ މައިގަނޑު ކާސްޓުންނަކީ ޖެނިލާ ލޮޕޭޒާއި އައިސް ކިއުބާއި ޖޮއިން ވޮއިޓާއި އެރިކް ސްޓޮލްޒާއި ޖޮނަތަން ހައިޑްގެ އިތުރުން އޮވެން ވިލްސަނެވެ.
އާ "އެނަކޮންޑާ" ގެ މައިގަނޑު ތަރިންނަކީ ޕޯލް ރަޑް އާއި ޖެކް ބްލެކެވެ. މީގެ ޑައިރެކްޓަރަކީ ޓޮމް ގޯމިކަން އެވެ. "އެނަކޮންޑާ" ސްކްރީންޕްލޭ ލިޔެފައި ވަނީ އޭނަ އާއި ކެވިން އެޓެން އެވެ.
ޑިސްޓްރިބިއުޝަނާ ސޮނީ ޕިކްޗާސް އިން ހަވާލުވެފައިވާ "އެނަކޮންޑާ" އަކީ މި ފިލްމު ސީރީޒްގެ 6 ވަނަ ފިލްމެވެ. އެންމެ ފަހުން ގެނެސްދިން މި ސީރީޒްގެ ފިލްމަކީ 2015 ގެ "ލޭކް ޕްލެސިޑް ވާސަސް އެނަކޮންޑާ" އެވެ.