Last Updated: July 7, 03:23
Tuesday, July 7, 2026
ޚަބަރު

އުރީދޫން އައިފޯން 17 ސީރީޒް ޕްރީ އޯޑަރަށް ހުޅުވާލަނީ

އުރީދޫ މޯލްޑިވްސް އިން އެޕަލްގެ އެންމެ ފަހުގެ އައިފޯން ކަމަށްވާ އައިފޯން އެއަރ، އައިފޯން 17 ޕްރޯ އަދި އައިފޯން 17 ޕްރޯ މެކްސް ޕްރީ އޯޑަރަށް މާދަމާ ހުޅުވާލުމަށް ތައްޔާރުވެއްޖެ އެވެ.

އުރީދޫން ބުނީ މޫލީ މެދުވެރިކޮށް މިރޭ 12 ފެށިގެން ޕްރީ އޯޑަރަށް ހުޅުވާލާނެ ކަމަށެވެ. އަދި އައިފޯންތައް ކަސްޓަމަރުންނަށް ލިބެން ފަށާނީ މި މަހުގެ 26 ވަނަ ދުވަހުން ފެށިގެން ކަމަށް އުރީދޫން ބުންޏެވެ.

މި ސީރީޒްގެ ފޯނުތަކުގައި ޒަމާނީ ޓެކްނޮލޮޖީގެ ގިނަ ފީޗާތައް ވެސް ހިމަނާފައިވާ އިރު، އެޕަލް އިން ބުނި ގޮތުގައި މި މޮޑެލް އަކީ އައިފޯނުުގެ އަހުލުވެރިން ވަރަށް ގަޔާވާނެ ގިނަ ކަންކަން ހިމެނޭ ޑިވައިސްއަކަށެވެ.

އައިފޯން 17 ސީރީޒްގެ އަގުތަކަށް ބަލާ އިރު އައިފޯން 17 ގެ އަގު ފެށެނީ 799 ޑޮލަރުންނެވެ. އައިފޯން އެއާގެ އަގު ފެށެނީ 999 ޑޮލަރުންނެވެ. އަދި އައިފޯން 17 ޕްރޯގެ އަގު 1،099 ޑޮލަރުން ފެށޭ އިރު، ޕްރޯ މެކްސްގެ ފެށޭ އަގަކީ 1،199 ޑޮލަރެވެ.

އަައިފޯން 17 ގެ ފޯނުތައް ފަސް ކުލައަކުން ލިބޭނެ އެވެ. އެއީ ލެވެންޑާ އާއި މިސްޓް ބްލޫ އާއި ކަޅާއި ހުދު އަދި ސޭޖް އެވެ.