Last Updated: July 7, 03:23
Monday, July 6, 2026
ޚަބަރު

ވީއައިއޭގެ "ކޮވެލި ލައުންޖް" ހުޅުވައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ "ކޮވެލި ލައުންޖް" ރަސްމީކޮށް ހުޅުވައިފި އެވެ.

ކޮވެލި ލައުންޖް ހުޅުވައިދެއްވީ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދެއެވެ. މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުޙައްމަދު އަދި އެމްއޭސީއެލްގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވި އެވެ.

އެ ލައުންޖަކީ 1230 އަކަފޫޓުގެ ބޮޑު ލައުންޖެކެވެ. އެއްފަހަރާ 217 މީހުންނަށް ހިދުމަތް ދެވޭ ގޮތަށް ފަރުމާކޮށްފައިވާ އެ ތަނަކީ ދަތުރުވެރިންނަށް ހިތްފަސޭހަ މާހައުލެއް ފޯރުކޮށްދިނުމަށް ހާއްސަކޮށްފައިވާ ބިޒްނަސް ލައުންޖެކެވެ.

ކޮވެލި ލައުންޖްގެ ތެރޭގައި ދަތުރުވެރިންނަށް ބޭނުންވާނެ އެތައް ޒަމާނީ ވަސީލަތްތަކެއް ގާއިމުކޮށްފައިވެ އެވެ.

އެމްއޭސީއެލުން ވަނީ މި ލައުންޖް ހުޅުވުމާއެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ހިދުމަތްތައް އިތުރަށް ފުޅާވެ، ދަތުރުވެރިންނަށް ލިބޭ ތަޖުރިބާ ރަނގަޅުވެގެންދާނެ ކަމަށް އުއްމީދުކުރާ ކަމަށް ބުނެފަ އެވެ.