Last Updated: July 7, 03:23
Monday, July 6, 2026
ޚަބަރު

މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން އުފައްދައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު، "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން" ގެ ނަމުގައި ދައުލަތުގެ އޮފީހެއް އުފައްދަވައިފި އެވެ.

ރައީސް މުއިއްޒު މީޑިއާ ކޮމިޝަން އުފައްދަވާފައިވަނީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ގާނޫނުގެ ދަށުންނެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ބިލު ރައީސް އިއްޔެ ވަނީ ތަސްދީގުކުރައްވައިފަ އެވެ. އެ ބިލު ތަސްދީގުކުރެއްވުމާ އެކު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ބިލު ގާނޫނަކަށްވެ، އެ ގާނޫނަށް މިހާރު ވަނީ އަމަލުކުރަން ފަށައިފަ އެވެ.

ރައީސް އެ ބިލު ތަސްދީގު ކުރެއްވީ ގިނަ މީޑިއާތަކާއި ނޫސްވެރިންނާއި ނޫސްވެރިކަން ތަމްސީލުކުރާ ޖަމިއްޔާތަކާއި ބޭރުގެ ވަރަށް ބައެއް ޖަމިއްޔާތަކުން ވެސް ބިލު ތަސްދީގު ނުކުރަން ގޮވައިލަމުން ދަނިކޮށެވެ.

ޤާނޫނުގައިވާ ގޮތުގެ މަތީން ކޮމިޝަން އެކުލަވައިލައި، މެންބަރުން ކޮމިޝަން ހިންގުމާ ޙަވާލުވަންދެން، ކޮމިޝަނުގެ ކަންކަން ވަގުތީ ގޮތުން ހިންގާނީ ސިވިލް ސާވިސް ކޮމިޝަނުން އެކުލަވައިލާ ފަސް މެންބަރުންގެ ވަގުތީ ކޮމިޓީއަކުންނެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ޤާނޫނާއެކު މޯލްޑިވްސް މީޑިއާ ކައުންސިލާއި، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން ވަނީ އުވިފަ އެވެ.