ސުޕްރީމް ކޯޓުގެ މާލަންތަކަށް ކުރިން އުއްތަމަ ފަނޑިޔާރުކަން ކުރައްވާފައިވާ ބޭފުޅުންނަށް ނިސްބަތްކޮށްގެން ހާއްސަ ނަންތަކެއް ދީފި އެވެ.
ސުޕްރީމް ކޯޓުން ބުނީ އެ ކޯޓުގެ 17ވަނަ އަހަރީ ދުވަހާ ގުޅިގެން، ކޯޓުގެ މާލަންކަށް ކުރިން އުއްތަމަ ފަނޑިޔާރުކަން ކުރައްވާފައިވާ ބޭފުޅުންނަށް ނިސްބަތްކޮށްގެން ޚާއްޞަ ނަންތަކެއް ދީފައިވާ ކަމަށެވެ.
އެގޮތުން ޝަރީއަތުގެ މާލަމަށް ޙުސައިން ޞަލާޙުއްދީން މާލަމް، ޑެލިބަރޭޝަން ރޫމަށް މުޙައްމަދު ޖަމީލު ދީދީ މާލަމް، ފަނޑިޔާރުންގެ މަޖިލިސް ކުރާ މާލަމަށް މޫސާ ފަތުޙީ މާލަމް އަދި މެއިން ހޯލަށް ޖަލާލުއްދީން ދަރުބާރުގެ ގޮތުގައި ނަން ދީފައިވާ ކަމަށް ސުޕްރީމް ކޯޓުން ބުންޏެވެ.
ސުޕްރީމް ކޯޓު އުފެއްދީ 2008 ވަނަ އަހަރުގެ ސެޕްޓެމްބަރު 18 ވަނަ ދުވަހު އެވެ.