Last Updated: July 7, 03:23
Monday, July 6, 2026
ޚަބަރު

އެމްޑީޕީއަށް ވެރިކަން ލިބުނަސް މީޑިއާ ގާނޫނު އުވައެއް ނުލާނެ

މެންބަރު އިބްރާހިމް ޝުޖާއު- ފޮޓޯ: ޕީއެންސީ

އެމްޑީޕީއަށް ވެރިކަން ލިބުނަސް މީޑިއާ ކޮންޓްރޯލް ކުރާ ގާނޫނު އުވާ ނުލާނެ ކަމަށް، ބާރަށު ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ވެރިކަމަށް އައިސް ފުރަތަމަ ދުވަހު މީޑިއާ ކޮންޓްރޯލް ގާނޫނު އުވާލާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވަނީ ވިދާޅުވެފަ އެވެ.

އެ ވާހަކަތަކާ ގުޅިގެން ޝުޖާއު ވިދާޅުވީ ދުވަހަކު ކޮޅުން އެމްޑީޕީއަށް ވެރިކަން ލިބުނަސް މި ގާނޫނު އުވައެއް ނުލާނެ ކަމަށާއި އޭގެ ބަދަލުގައި އިތުރަށް ހައްގުތައް ހަނިކުރާނެ ކަމަށެވެ. އަދި މިދުވަސްކޮޅު މި ވާހަކަ ދައްކަނީ އެމްޑީޕީން ބާއްވަން އުޅޭ އެއްވުމަށް މީހުން ގިނަކުރެވޭތޯ ކަމަށް ޝުޖާއު ވިދާޅުވި އެވެ.

ޝުޖާއު ވަނީ 18 ވަނަ މަޖިލީހުން ފާސްކުރި އެއްވެ އުޅުމުގެ ޤާނޫނު ވެރިކަން ލިބިއްޖެ ނަމަ އުވާލާނަމޭ ބުނެ ރައްޔިތުންނަށް އެމްޑީޕީން ހެދީ ދޮގު ކަމަށްވެސް ވިދާޅުވެފަ އެވެ.

އެމްޑީޕީން މިދިޔަ ބުދަ ދުވަހުގެ ރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަމުން ފައްޔާޒު ވިދާޅުވީ އެމްޑީޕީން އަނެއްކާވެސް ވެރިކަމާ ހަވާލުވެ، ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ހުރިހާ ކަމެއް ރަނގަޅު ކުރާނެ ކަމަށާއި އަދި ގާނޫނު އަސާސީ އިރާލުމުގެ ތެރެއިން ކުރައްވާފައި ހުރި ކަންކަން އަނބުރާ އިޔާދަކޮށް އަލުން ގާނޫނު އަސާސީއާ ނުކުޅެވޭ ވަރު ކުރާނެ ކަމަށެވެ.

"މީޑިއާ ކޮންޓްރޯލް ބިލު ހަމަ ގައިމުވެސް އެއީ އެންމެ ފުރަތަމަ ދުވަހު އުވާލައްވާނެ ބިލެއް، ގާނޫނެއް. ހަމަ އެއާ އެއްކޮށް އަދިވެސް ރައްޔިތުންނަށް ވެފަ ހުރި ތަކުލީފުތައް، އޭގެ ތެރޭގައި ސިނގިރޭޓުގެ ޑިއުޓީ، ވޭޕް، މި ހުރިހާ ކަމަކީ އަޅުގަނޑުމެން ރައްޔިތުންގެ މަޝްވަރާއާ އެއްކޮށް ބަދަލުކުރާނެ ކަންކަންކަން މިއަދު އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވޭ،" ފައްޔާޒު ވިދާޅުވި އެވެ.