Last Updated: June 6, 10:21
Saturday, June 6, 2026
ޚަބަރު

37 ވަނަ ގައުމީ ޤުރުއާން މުބާރާތް ފަށައިފި

ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތް ރެ ފަށައިފި އެވެ.

އެ މުބާރާތް ރަސްމީކޮށް ފައްޓަވައި ދެއްވީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދެވެ.

މި މުބާރާތް މި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އިރު މުބާރާތުގައި 119 މުއައްސަސާއަކުން 1037 ބައިވެރިން ވާދަކުރެ އެވެ. އެއީ ބަލައިގެން ކުޔެވުމުގެ ގޮފީގައި 582 ފަރާތަކުންނާއި ނުބަލައި ކިޔެވުމުގެ ގޮފީގައި 424 ފަރާތަކުންނާއި ޙާފިޡުންގެ ގޮފީގައި 31 ޙާފިޡުންނެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިއަހަރުގެ މުބާރާތަކީ ރައީސްގެ ނިންމެވުމަކާއެކު ސީދާ ދަޢުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ބާއްވާ މުބާރާތެއް ކަމަށެވެ. މި އަހަރުގެ މުބާރާތުގެ ވަނަތަކަށް ދޭ އިނާމުތައް ދެގުނައަށް އިތުރު ކުރަން ވެސް ނިންމާފައިވެ އެވެ.

މުބާރާތުގައި މި އަހަރު ޙާފިޡުންގެ ބައިގައި 31 ޙާފިޡުން ބައިވެރިވެފައިވެ އެވެ. އެހެންވެ މިއީ ޙާފިޒުން ވާދަކުރާ މުބާރާތް ވެސް މެ އެވެ. މިދިޔަ އަހަރު ބޭއްވި 36 ވަނަ ޤައުމީ މުބާރާތުގެ ޙާފިޡުންގެ ބައިގައި ވާދަކޮށްފައި ވަނީ 15 ބައިވެރިިންނެވެ.