Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ޝަހީބު އަމިއްލަ އަށް ފުލުހުންނާ ހަވާލުވެއްޖެ

ރާއްޖެއަށް 130 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލާގައި ދައުވާ ލިބޭ ޝަހީބު އިބްރާހިމް ޝަހީބު އަމިއްލަ އަށް ފުލުހުންގެ އިދާރާ އަށް ރޭ ހާޒިރުވުމުން ހައްޔަރުކޮށްފި އެވެ.

އޭނަ ފުލުހުންގެ އިދާރާ އަށް ހާޒިރުވީ އަންހެނުން މ. ކަރާދުބުރިގެ އާއިޝަތު ވަހީދާ، ހައްޔަރުކުރުމުންނެވެ. އޭނަ ހައްޔަރުކުރީ 2020 ގައި ރާއްޖެއަށް 130 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލާގައި ބޭ ޝަހީބު ފިލުވުމަށް އެހީތެރިވެދިން ކަމަށް ތުހުމަތުކުރެވޭތީ އެވެ.

އެހެންވެ ވަހީދާ ހައްޔަރުކުރަން އަމުރުކުރީ އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމާއި ހެކި ފޮރުވައިގެން ނުވަތަ ހެކި ނައްތާލަފާނެ ކަމަށް ބެލެވޭތީ އާއި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅިގެންނެވެ.

އަންހެނުން ހައްޔަރުކުރުމާ އެކު، ޝަހީބު ވަނީ ފުލުހުންގެ އިދާރާ އަށް ގޮސް އަމިއްލައަށް ފުލުހުންގެ އިދާރާ އަށް ހާޒިރުވެފައެވެ. އެއާ އެކު ފުލުހުން ވަނީ އޭނަ ހައްޔަރުކޮށްފަ އެވެ.

ޝަހީބަށް ހުކުމް އިއްވަން ބާއްވާ ޝަރީއަތަށް ހާޒިރު ނުވެ ފިލައިގެން އުޅޭތީ އޭނަ ހޯދަން މިދިޔަ ހޮނިހިރު ދުވަހާއި އިއްޔެ ވެސް ފުލުހުން އިއުލާންކުރި އެވެ.