Last Updated: July 7, 03:23
Monday, July 6, 2026
ޚަބަރު

ފުލިދޫގައި ޑޮލަރު އޭޓީއެމްއެއް ބަހައްޓަނީ

ވ. ފުލިދޫގައި އަންނަ އަހަރު ޑޮލަރު އޭޓީއެމްއެއް ބަހައްޓައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދު ހަވީރު ފުލިދުއަށް ވަޑައިގެން ރައްޔިތުންނާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ފުލިދޫ އަކީ ޓޫރިޒަމްގެ ދާއިރާއިން ރާއްޖޭގެ އިޤުތިޞާދުގައި ބޮޑު ހިއްސާއެއް އަދާކުރާ އަދި ރަށުގައި ޑޮލަރު ދައުރަވަމުން އަންނަ ރަށެއް ކަމަށެވެ.

އެގޮތުން އަންނަ އަހަރުގެ މާރިޗް މަހުގެ ކުރިން ފުލިދޫގައި ޑޮލަރު އޭޓީއެމެއް ބަހައްޓަވައިދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވި އެވެ.

ރައީސް، ފުލިދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ޖަލްސާގައި، އެރަށު ވޮލީ ކޯޓް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި، މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަނާއި ޕްރޮކްސީ ގްރޫޕް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވަނީ ސޮއިކޮށްފަ އެވެ.

މީގެއިތުރުން އެރަށުގައި ވަނީ ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްގެ ޚިދުމަތް ފަށައި ރަށުގެ ބަނދަރު ހެދުމުގެ ޢަމަލީ މަސައްކަތް ފެށުމުގެ އިތުރުން ޞިއްހީ މަރުކަޒުގެ އައު އިމާރާތުގެ ބިންގާ ވެސް އަޅައިފަ އެވެ.