ކޮންޓްރޯލް ޑްރަގެއް ރާއްޖޭގައި ވިއްކާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެެ ޗެއާޕާސަން ލުބްނާ ޒާހިރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޑްރަގު ބޭނުންކުރާ މީހުންނަށް ކޮންޓްރޯލް ޑްރަގެއް ކަމަށްވާ "ބިއުޕްރެނޯފިން" ވިއްކަމުންދާ މައްސަލައެއްގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އެގޮތުން އެ ޑްރަގުގެ 10 ގުޅަ، 2000 ރުފިޔާއަށް ވިއްކާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށްވެސް ލުބްނާ ވިދާޅުވި އެވެ.
ކޮންޓްރޯލް ޑްރަގް ވިއްކުމަކީ ގާނޫނުން މަނާކޮށްފައި އޮންނަ ކަމެކެވެ.