Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

"ރަންދިހަ ފަހެއް" ރޯޑްޝޯވް މިއަދު މަރަދޫފޭދޫ ދިރާގު ކުރިމަތީގައި!

މިމަހު ފަހުކޮޅު ނެރުމަށް ތައްޔާރުވަމުން އަންނަ "ރަން ދިހަފަހެއް" އާ ނޫޓްތަކާއި ގުޅޭ މައުލޫމާތު ދިނުމަށް މަރުކަޒީ ބޭންކް އެމްއެމްއޭ އިން ކުރިއަށްގެންދާ ރޯޑްޝޯވްގެ ތެރެއިން މަރަދޫ ފޭދޫގެ ރައްޔިތުންނަށް މައުލޫމާތު ދިނުމުގެ ރޯޑް ޝޯވް މިއަދު ހަވީރު މަރަދޫ ފޭދޫ ދިރާގު ކުރިމަތީގައި ބާއްވަން ނިންމައިފިއެވެ.

އެމްއެމްއޭއިން ބުނީ ރޯޑް ޝޯ ކުރިއަށްދާނީ، މިއަދު މެންދުރު 15:00 އިން ހަވީރު 18:00 އަށެވެ.
IMG_3935

އެމްއެމްއޭއިން އައްޑޫގައި ކުރިއަށް ގެންދާ ރޯޑް ޝޯވްގެ ތެރެއިން ހުޅުމީދޫ އަދި ހިތަދޫގައި ވަނީ ކާމިޔާބް ރޯޑް ޝޯވްތަކެއް ބާއްވާފައެވެ.

އެގޮތުން ރޯޑް ޝޯވް ތެރޭގައި ވަނީ އާ ނޫޓު ސީރީސްގެ މައުލޫމާތުދީ ސައްހަ ނޫޓު ދެނެގަނެވޭނެ ސިފަތަށް އާއްމުންނަށް ކިޔައިދީފައެވެ. އަދި ނޫޓާ ގުޅިގެން، އާއްމުންގެ ސުވާލުތަކަށް ވެސް މި އިވެންޓުގައި، އެމްއެމްއޭގެ އޮފިޝަލުން ވަނީ ޖަވާބު ދީފައެވެ.
IMG_3887
އެމްއެމްއޭގެ ފަރާތުން ކުރިއަށް އޮތް ދުވަސްތަކުގައި ވެސް، އައްޑޫ ސިޓީގައި "ރަން ދިހަފަހެއް" ގެ މައުލޫމާތު ދިނުމަށް ރޯޑް ޝޯތަކެއް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

ރޯޑް ޝޯތަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ގޮތް:

3 ޑިސެމްބަރު: ފޭދޫ ހާބަރު (ގަޑި: 15:00 އިން 18:00 އަށް )

4 ޑިސެމްބަރު: މަރަދޫ ކުޑަކުދިންގެ ޕާކު (ގަޑި: 15:00 އިން 18:00 އަށް)

5 ޑިސެމްބަރު: ހިތަދޫ ކުޑަކުދިންގެ ޕާކު (ގަޑި: 15:00 އިން 18:00 އަށް)

އާ ނޫޓް ސީރީޒްގައި ހިމެނެނީ 10، 20، 50، 100 500 އަދި ފުރަތަމަ ފަހަރަށް ތައާރަފު ކުރި 1000 ގެ ނޫޓެވެ.

"ރަން ދިހަފަހެއްގެ" މައުލޫމާތު ދިނުމަށް، އެމްއެމްއޭގެ ޓީމުތަށް ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވަމުންނެވެ.