Last Updated: June 7, 11:59
Sunday, June 7, 2026
ޚަބަރު

ސުޕްރީމް ކޯޓުން ގަސް އިންދައިފި

ރާއްޖޭގެ ސުޕްރީމް ކޯޓަށް 17 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ހުޅުމާލޭގައި ގަސް އިންދުމުގެ ހަރަކާތެއް ބާއްވައިފި އެވެ.

މިކަން އިއްޔެ ކުރިއަށް ގެންދިޔައީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ގުޅިގެންނެވެ.

އިއްޔެ ހެނދުނު ގަސްތަކެއް އިންދާފައި ވަނީީ ހުޅުމާލޭ ސެންޓްރަލް ޕާކު އެވެ. އެ ހަރަކާތުގައި އުއްތަމަފަނޑިޔާރު އަބްދުލްޣަނީ މުހައްމަދާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް އަދި ފަނޑިޔާރު އަބްދުالله ހަމީދު ބައިވެރިވެވަޑައިގެންނެވި އެވެ. ތެވެ.

ރާއްޖޭގައި 2008 އިން ފެށިހެން އަމަލު ކުރަމުން އަންމަ ފެހި ގާނޫނުއަސާސީ ތަސްދީގު ކުރުމާއެކު ސުޕްރީމް ކޯޓު ވުޖޫދަށް އައީ އެ އަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ގަ އެވެ.

ސުޕްރީމް ކޯޓުން ހުޅުމާލޭގައި ގަސްތަކެއް އިންދީ މި ސަރުކާރުން ކުރިއަށް ގެންދާ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްމާމްގެ ތެރެއިން އެޗްޑީސީން ކުރިއަށް ގެންދާ މިލިއަން ގަސް އިންދުމުގެ ޕްލެޖްގެ ތެރެއިންނެވެ.