Last Updated: June 6, 10:21
Saturday, June 6, 2026
ޚަބަރު

ވ. އަތޮޅަށް ޕާސްޕޯޓްގެ ހިދުމަތް

ވ. އަތޮޅުގައި ޕާސްޕޯޓު ހެދުމުގެ ހިދުމަތް ފަށައިފި އެވެ.

އިމިގްރޭޝަނުން ބުނީ އެ އަތޮޅައި އިއްޔެ އެ ހިދުމަތް ފެށީ ވ. ފެލިދޫ މެދުވެރިކޮށް ހިދުމަތް ދެވޭ ގޮތަށެވެ. ފެލިދޫގައި ޕާސްޕޯޓު ޚިދުމަތް ފަށްޓަވައި ދެއްވީ ޑެޕިއުޓީ ކޮންޓްރޯލަރު އަހުމަދު އަޝްފާނެވެ.

ވ. އަތޮޅުގައި ޕާސްޕޯޓްގެ ހިދުމަތް ފެށީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވ. އަތޮޅަށް ފެއްޓެވި ދަތުރުގެ ތެރެއިން ފެލުދު އަށް ކުރެއްވި ޒިޔާރަތުގެ ތެރޭގަ އެވެ.

ސަރުކާރުން ޕާސްޕޯޓާއި އައިޑީ ކާޑު ހަދައި ދިނުމުގެ ހިދުމަތް އަތޮޅުތެރެއަށް ފުޅާކުރަމުންނެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ އަންނަ މަހުގެ ނިޔަލަށް ހުރިހާ އަތޮޅަކަށް ޕާސްޕޯޓްގެ ހިދުމަތް ފުޅާކޮށް ނިމޭނެ ކަމަށެވެ.