މާލޭގެ ސަލްޓަން ޕާކްގައި ހުންނަ ތާރީހީ ބިނާއެއް ކަމަށްވާ އުސްގެކޮޅު އިމާސިވް މިއުޒިއަމެއް ގޮތުގައި ތަރައްގީ ކުރަން ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް (އެފްޑީސީ) އާ ހަވާލުކޮށްފި އެވެ.
މިކަމުހެ އެއްބަސްވުމުގައި އެ ކުންފުންޏާ ހެރިޓޭޖް މިނިސްޓްރީން ސޮއިކުރީ ބުރާސްފަތި ދުވަހު އެވެ. މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އާދަމް ނަސީރު އިބްރާހީމެވެ. އެފްޑީސީފެ ފަރާތުން ސޮއިކުރެއްވީ މެނޭން ޑިރެކްޓަރު ހަމްދާން ޝަކީލެވެ. އެވެ.
ނަސީރު ވިދާޅުވީ އެފްޑިސީއާ ހަވާލު ކުރެވުނު މަސައްކަތުގެ ތެރެއިން އުސްގެކޮޅު ބަދަލުވެގެން ދާނީ މިހާތަނަށް ދިވެހީން ދެކެފައި ނުވާ މަންޒަރެއް ފެންނާނެ ތަނަކަށް ކަމަށެވެ.
"އުސްގެކޮޅު އިންޓަރެކްޓިވް މިއުޒިއަމެއްގެ ގޮތުގައި ތަރައްޤީވެ ނިމޭއިރު، ހަޤީގަތުގައި ތަރިކައިގެ ދާއިރާއިން ދިވެހީން އަދި މިހާތަނަށް ރާއްޖެއިން ދެކިފައިނުވާ އާ މަންޒަރެއް ފެނިގެން ދާނެ،" މިނިސްޓަރު ވިދާޅުވި އެވެ. "ދިވެހިންގެ ރަށްވެހިކަމުގެ ހަޤީގަތްތައް، ދިވެހީންގެ ހަޟާރާތުގެ ހަޤީގަތްތައް ދިވެހީންގެ ދައުލަތާއި، އެމީހުންގެ ދިރިއުޅުން ދެމެހެއްޓެމުގައި އުފުލި ބުރަޔާއި ޤުރުބަނީތަކާއި، އެކަމާ ގުޅިފައިވާ ހަޤީގަތްތައް."
އިމާސިވް މިއުޒިއަމްތަކަކީ އެތަނަށް ޒިޔާރަތްކުރާ މީހުންނަށް ބައިވެރިވެވޭ ގޮތަށް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ހިންގާ މިއުޒިއަމްތަކެވެ.