Last Updated: June 6, 10:21
Saturday, June 6, 2026
ޚަބަރު

މިހާރު ހުރިހާ އަތޮޅަކުން އައިޑީ ކާޑު ހެދޭނެ

މުޅި ރާއްޖެ އަށް އައިޑީ ކާޑުގެ ހިދުމަތް ފުޅާކުރަން ފެށި މަސައްކަތް މިހާރު ނިމިފައިވާ ކަމަށް ރައީސް ޑ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު ވ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ރޭ ވަނީ އެ އަތޮޅުގައި ވެސް އައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ހިދުމަތް އިފުތިތާހުކޮށްފެ އެވެ. އެގޮތުން ފެލިދޫގައި ރޭ އެ ހިދުމަތް ފައްޓައިވަ އިދެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ.

މިއާ އެކު ވ. އަތޮޅާ އެކު މިހާރު ރާއްޖޭގެ ހުރިހާ ރަށަކުން ވެސް އައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރަމުން ދާނެ އެވެ.

ހުރިހާ އަތޮޅަކުން އައިޑީ ކާޑު ޕްރިންޓް ކުރުމުގެ ވަޢުދަކީ މިދިޔަ އަހަރުގެ ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ދެއްކެވި ވާހަކައިގައި ރައީސް ވެވަޑައިގެންނެވި ވަޢުދެކެވެ.

އޭރު އެ މަނިކުފާނު ވިދާޅުވީ މި އަހަރުގެ ނިޔަލަށް ހުރިހާ އަތޮޅަކުން އައިޑީ ކާޑާއި، ޕާސްޕޯޓް ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށެވެ.

ރައީސް ރޭ ވިދާޅުވި ގޮތުގައި އަންނަ މަހުގެ ނިޔަލަށް މުޅި ރާއްޖެ އަށް ޕާސްޕޯޓްގެ ހިދުމަތް ފުޅާކޮށް ނިމޭނެ އެވެ. އެންމެ ފަހުން އެ ހިދުމަތް ރޭ ތައާރަފުކުރީ ވ. އަތޮޅުގަ އެވެ.