ސަރުކާރުގެ ސްކޫލްތަލުގެ ހޯލުތައް ވެސް އޭސީ ކުރަން ނިންމާފައިފި އެވެ.
މިކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވީ މިއަދު ކވ. ކެޔޮދު އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގަ އެވެ.
ރައީސް ވިދާޅުވީ ސްކޫލްތަކުގެ ކްލާސްރޫމްތައް އޭސީ ކުރަން މިދަޔަ އަހަރު ފަށާފައި އޮތް "ކޫލް ސްކޫލް" މަޝްރޫއުގެ ތެރެއިން މިހާރު އެންމެ ބޮޑު އިސްކަމެއް ދެނީ ކްލާސް ރޫމްތަކާއި ސްޓާފް ރޫމްތައް އޭސީ ކުރަން ކަމަށެވެ.
އަދި އެ ޕްރޮޖެކްޓްގެ ދެވަނަ މަރުހަލާއެއްގެ ގޮތުގައި ސްކޫލްތަކުގެ ހޯލުތައް އޭސީ ކުރުމުގެ މަސައްކަތް މި އަންނަ އަހަރުގެ ތެރޭގައި ފަށާނެ ކަމަށް ރައީސް ވިދާޅުވި އެވެ. މިކަން ކުރިއަށް ގެންދާނީ ސޯލާ ޕެނަލް ހަރުކޮށްގެން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.