Last Updated: June 7, 11:59
Sunday, June 7, 2026
ޚަބަރު

ހުޅުމާލޭގެ ވަގްފް އިމާރާތް އަލުން ބީލަމަށް

ހުޅުމާލޭގައި އިމާރާތް ކުރާ މިސްކިތެއްގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ބަލަނީ.

'ދާރުލް ސަލާމް' ގެ ނަމުގައި ހުޅުމާލޭގައި އިމާރާތް ކުރަން ނިންމާފައިވާ ވަގުފް އިމާރާތް އަލުން ބީލަމަށް ހުޅުވައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ބިލްޑު އެންޑް މެއިންޓަނަންސް ހިމެނޭ ގޮތަށް 12 ބުރީގެ އެ ޢިމާރާތުގެ މަސައްކަތްކޮށް ދޭން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 30 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

ބީލަމުގައުު ބައިވެރިވާން ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ ހޯމަ ދުވަހުގެ ހެނދުނު 11:00 އާ ހަމައަށެވެ. ރަޖިސްޓްރީ ވާނީ މި ލިންކް މެދުވެރިކޮށެވެ.

މިނިސްޓްރީން ބުނީ ރަޖިސްޓްރީ ނުވާ ފަރާތްތަކަށް ބީލަން ހުށަނޭޅޭނެ ކަމަށެވެ.

ހުޅުމާލޭގެ ވަގުފް އިމާރާތް ހަދާނެ ބަޔަކު ހޯދަން އަލުން ބީލަމަށް ހުޅުވައިލި އިރު، މި އިމާރާތާއި މާލޭގައި ހަދަން ނިންމާފައިވާ ވަގުފު އިމާރާތް "ދާރުލް އަރުގަމް" ގެ މަސައްކަތްކޮށް ދޭނެ ބަޔަކު ހޯދަން މިދިޔަ ޖުލައި މަހުގެ ތެރޭގައި ވެސް ހުޅުވައިލި އެވެ. އޭރު ދެ ޕްރޮޖެކްޓަށް ވެސް ބީލަން ހުށަހަޅަން ދިން ސުންގަޑި އަކީ މިދިޔަ މަހުގެ 21 އަށެވެ.

އޭގެ ކުރިން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ވެސް ހުޅުމާލޭގެ ވަގްފް އިމާރާތް ހަދަން ބީލަމަށްލި އެވެ.

ދާރުލް ސަލާމް އިމާރާތް ކުރަން ހަމަޖެހިފައި ވަނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި (ލޮޓް ނަންބަރު: 11646) ގަ އެވެ.