Last Updated: June 6, 10:21
Saturday, June 6, 2026
ޚަބަރު

ކެރަލާގައި ސިކުނޑީގެ ނުރައްކާތެރި ބައްޔެއް ފެތުރެނީ

އިންޑިއާގެ ކެރެލާގައި ސިކުނޑިއަށް ޖެހޭ ނުރައްކާތެރި ބައްޔެއް ކަމަށްވާ ޕްރައިމަރީ އެމީބިކް މެނިންޖޯއެންސެފަލައިޓިސް (ޕީއޭއެމް) ފެތުރެމުންދާތީ އެ ތަނުގެ ހާލަތު ގާތުން ބަލަމުން އަންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެތަނުން މިއަދު ބުނީ ގިނަ އަދަދަށް ދިވެހިން ގޮސް އުޅޭ ކެރެލާގެ ހާލަތު ގާތުން ބަލަމުން އަންނަ ކަމަށެވެ. އަދި ޕީއޭއެމްގެ ކޭސްތައް މިހާތަނަށް ރިޕޯޓުކޮށްފައި ވަނީ ކެރަލާގައި އާންމުކޮށް ދިވެހިން ދިރިއުޅޭ ހިސާބުގަނޑުގައި ނޫން ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.

އެހެންވެ ދިވެހީންނަށް ޕީއޭއެމްގެ ނުރައްކާ ކުޑަކަމަށް ބުންޏެވެ.

ޕީއޭއެމް ފެތުރޭތީ އިންޑިއާ ސަރުކާރުން އެލާޓް ނެރެފައިވާ އިރު، މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި އަހަރުގެ މިހާތަނަށް ކެރަލާ އިން ބަލި ޖެހިގެން 69 މީހަކު ރިޕޯޓުކޮށްފައިވެ އެވެ. އަދި އޭގެ ތެރެއިން 19 މީހަކު މަރުވެފައިވެ އެވެ.