އ.ދ ގެ އާންމު މަޖިލީހުގެ 80 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށްޓަކައި، ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު އެމެރިކާގެ ނިއުޔޯކަށް ފުރާވަޑައިގެންފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ މިނިސްޓަރު ހަލީލުގެ މި ދަތުރުފުޅުގައި މަތީ ފަންތީގެ ގިނަ ބައްދަލުވުންތަކެއްގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
މިއީ ރާއްޖެ އދ.ގައި ބައިވެރިވިތާ 60 އަހަރު ފުރޭ އަހަރު ކަމަށްވާއިރު، ރާއްޖެއިން އ.ދ.ގައި ބައިވެރިވުމަށް އެދި ހުށަހަޅާފައިވަނީ 21 އޮގަސްޓް 1965ގަ އެވެ. އެއީ 26 ޖުލައި 1965ގައި ރާއްޖެ މިނިވަންވިތާ ބަރާބަރު 25 ދުވަސް ފަހުންނެވެ.
އ.ދ.ގެ މެމްބަރު ޤައުމެއްގެ ގޮތުގައި ރާއްޖެ އެޖަމިއްޔާއިން ބަލައިގަތީ 21 ސެޕްޓެމްބަރ 1965ގަ އެވެ.