Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

"ރަންދިހަ ފަހެއް" މިއަދުގެ ރޯޑްޝޯވް ފޭދޫ ބަނދަރުގައި!

"ރަންދިހަ ފަހެއް" އާ ނޫޓް ސީރީޒް އާއި ގުޅޭ މައުލޫމާތު ދިނުމަށް ބާއްވާ ރޯޑް ޝޯވް މިއަދު ހަވީރު ފޭދޫ ބަނދަރު ސަރަހައްދުގައި ކުރިއަށްގެންދިއުމަށް ނިންމައިފިއެވެ.

އެމްއެމްއޭގެ އޮފިޝަލަކު ވިދާޅުވީ މިއަދުގެ ރޯޑް ޝޯވްވެސް ފަށާނީ ހަވީރު 3:00 އިން އިރުއޮއްސި 6:00 ޖެހުމާއި ހަމައަށް ކަމަށެވެ.

އެމްއެމްއޭއިން ވަނީ އިއްޔެ މަރަދޫފޭދޫގެ ރައްޔިތުންނަށް އާ ނޫޓް ސީރީޒް އާއި ގުޅޭ މައުލޫމާތު ދިނުމަށް ރޯޑް ޝޯވް ބާއްވާފައެވެ.

އިއްޔެގެ ރޯޑް ޝޯވްގައި ވެސް ވަނީ ނޫޓު ސީރީސްގެ މައުލޫމާތުދީ ސައްހަ ނޫޓު ދެނެގަނެވޭނެ ސިފަތައް އާއްމުންނަށް ކިޔައިދީފައެވެ. އަދި ނޫޓާ ގުޅިގެން، އާއްމުންގެ ސުވާލުތަކަށް ވެސް މި އިވެންޓުގައި، އެމްއެމްއޭގެ އޮފިޝަލުން ވަނީ ޖަވާބު ދީފައެވެ.

ކުރިއަށް ހުރި ރޯޑް ޝޯވް ހަމަޖެހިފައިވާ ގޮތް:

4 ޑިސެމްބަރު: މަރަދޫ ކުޑަކުދިންގެ ޕާކު (ގަޑި: 15:00 އިން 18:00 އަށް)

5 ޑިސެމްބަރު: ހިތަދޫ ކުޑަކުދިންގެ ޕާކު (ގަޑި: 15:00 އިން 18:00 އަށް)