Last Updated: July 6, 21:47
Monday, July 6, 2026
ޚަބަރު

ހަންގޭރީން އަހަރަކު 25 ސްކޮލަޝިޕް ރާއްޖެއަށް ދެނީ

ހަންގޭރީން އަހަރަކު 25 ސްކޮލަޝިޕް ރާއްޖެއަށް ދިނުމަށް ނިންމައި، އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

އ.ދ. ގެ އާންމު މަޖިލީހުގެ 80 ވަނަ ސެޝަންގެ އެންމެ އިސްބޭފުޅުންގެ ބައްދަލުވުންތަކުގެ ހަވާސާ ތެރެއިން، ބޭއްވި ރަސްމިއްޔާތެއްގައި ދިވެހި ސަރަކުރާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް އެވެ. އަދި ހަންގޭރީ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އެންޑް ޓްރޭޑް ޕީޓަރ ސިޔާޓޯ އެވެ.

ފޮރިން މިނިސްޓްރީން ބުނީ މި އެއްބަސްވުމުގެ ދަށުން ހަންގޭރީގެ ޔުނިވާސިޓީ ތަކުގައި އަންޑަގްރެޖުއޭޓް، ގްރެޖުއޭޓް އަދި ޑޮކްޓޯރަލް ފެންވަރުގެ ސަނަދުތައް ހާސިލު ކުރުމަށް 2025 އިން 2027 އަށް، ކޮންމެ އަހަރަކުވެސް ދިވެހި ދަރިވަރުންނަށް 25 ސްކޮލާޝިޕް ފުރުޞަތު ލިބިގެންދާނެ ކަމަށެވެ.

ސްޓައިޕެންޑިއަމް ހަންގޭރިކަމް ޕްރޮގްރާމް އަކީ ބައިނަލްއަޤްވާމީ ދަރިވަރުން ހަންގޭރީގައި މަތީ ތައުލީމު ހާޞިލުކުރުމަށް ޝައުގުވެރިކުރުވުމަށާއި، ދަރިވަރުންނަށް ހަންގޭރީގައި އަމިއްލަ އަދި ރަސްމީ ގުޅުންތައް ގާއިމުކުރުމުގެ ފުރުޞަތު ހޯދާދިނުމުގެ އިތުރުން ޔޫރަޕްގައި ތިބެ، އެންމެ މަތީ ފެންވަރުގެ ސެޓްފިކެޓްތައް ހާސިލުކުރުމުގެ ފުރުސަތު މަގުފަހިކޮށްދިނުމުގެ މަޤްޞަދުގައި ހަންގޭރީ ސަރުކާރުން ތަޢާރަފްކޮށްފައިވާ ޕްރޮގްރާމެކެވެ.