ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ހަމަމަގަށް ނާޅުވައިފި ނަމަ 2028 ގެ ރިޔާސީ އިންތިހާބު ނުބައްވާފައިވާނެ ކމަމަށް ގިނަ ބަޔަކު މިހާރު ގަބޫލުކުރާ ކަމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
މިދިޔަ ސަރުކާރުގެ ހޯމް މިނިސްޓަރު ސޯޝަލް މީޑިއީ ޕޯސްޓެއްގައި ވިދާޅުވީ މި ވެރިކަމާއެކު އުފެދިފައިވާ މައްސަލަތައް ހައްލުކުރަން އެދޭ ނަމަ ސިޔާސީ ލީޑަރުންނާއި ސިޔާސީ ޕާޓީތައް އެކުވެގެން މަސައްކަތް ކުރަން ޖެހިފައިވާ ކަމަށެވެ.
އެގޮތުން އެކީގައި މަސައްކަތް ކުރަން ޖެހޭ މުހިއްމު ގިނަ ސަބަބުތަކެއް ވެސް އެބަހުރި ކަމަށް ވިދާޅުވި އެވެ.
އޭގެ ތެރޭގައި، ވިޔަފާރިތައް ބަނގުރޫޓުވަމުން ދިޔުމާއި މާލީ ދަތިކަން ކުރިމަތިވެ ތަދުމަޑުކަމަކަށް ދިޔުމުގެ ފުރުސަތު އޮތުމާއި، ގިނަ ބަޔަކު ގުރުބާންވެގެން ދައުލަތް ހިންގުމަށް އެކަށައަޅާފައިވާ ހަރުދަނާ ނިޒާމު ހަރާބުކޮށް ސުންނާފަތިކުރަމުން ދިޔުން ހިމެނެ އެވެ.
ދިވެހި ވިޔަފާރިވެރިންގެ ވިޔަފާރިތައް ފުނޑެން ނޭދޭނަމަ،ރައްޔިތުން ތަދުމަޑުކަމެއްގެތެރެއަށް ވެއްޓެން ނޭދޭނަމަ،ދިވެހިދައުލަތް ހިންގުމަށް ގިނަރައްޔިތުންތަކެއް ގުރުބާންވެގެން އެކަށައަޅާފައިވާ ހަރުދަނާ ނިޒާމު ޚަރާބުކޮށް ސުންނާފަތިކުރަންނޭދޭނަމަ…..
އަދި ދިވެހި ރައްޔިތުންނަށް އާ…— Imran Abdulla (@ShimranAb) September 23, 2025
"އަދި ދިވެހި ރައްޔިތުންނަށް އާ ސަންދައިން ބޭސްފަރުވާ ކުރެވެން އެދޭ ނަމަ، މެދު ނުކެނޑި ކަރަންޓުގެ ހިދުމަތް ރައްޔިތުންނަށް ލިބުމަށް އެދޭ ނަމަ، ފަސޭހަ ކަމާއެކު ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވާން އެދޭ ނަމަ 2028 ގައި ރައީސް ކަމަށް ވަޑައިގަތުމުގެ ފުރުސަތު ބޮޑީ ކޮން ޕާޓީއަކަށްތޯ ކޮން ބޭފުޅަކަށްތޯ ބަލަން ނުތިބެ ހުރިހާ ސިޔާސީ ލީޑަރުންނާއި ސިޔާސީ ޕާޓީތައް އެކުވެގެން މަސައްކަތް ކުރަންވީ ވަގުތު މިއޮތީ ޖެހިފައި." އިމްރާން ވިދާޅުވި އެވެ.
ރައީސްގެ މުއިއްޒުގެ މުށުތެރެއަށް ހުރިހާ ބާރުތަކެއް ލައްވަމުން ގެންދަވާ ކަމަށް ބުނެ އެންމެ ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީގެ އިތުރުން އާންމުންގެ ވަރަށް ގިނަ ބަޔަކު ވެސް އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީގެ ބޭނުން ނަހގަމަ ގޮތުގައި ސަަރުކާރުން ބޭން ކުރުމާއި ޖުޑިޝަރީ އަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާ ކަމަށް ވެސް ގިނަ ބަޔަކު ބުނަމުން އަންނަ އިރު، މީޑިއާ މިހާރު ވެސް މިހާރު ގާނޫނަކުން ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ގެންގޮސްފައި ކަމަށް ބުނެ އެތައް ބަޔަކު އަންނަނީ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުކިޔައި، ސަރުކާރާ މެދު ނުރުހުން ފާޅުކުރައްވަމުންނެވެ.