ޒުވާން ޚަޠީބުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްގެ ތެރެއިން 1،000 އިވެރިން ތަމްރީނުކޮށް ނިމުމުން ޒުވާން ޙާފިޒުންނާއި ޒުވާން އިމާމުންނާއި ޚަޠީބުންގެ ޤައުމީ ކޮންފަރެންސެއް ބާއްވަން ނިންމައިފި އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ، އަމާޒަކީ އަންނަ އަހަރު އެ އަމާޒު ހާސިލު ކުރުން ކަމަށާއި މިހާރު 500 ޒުވާން ޚަޠީބުންވަނީ ދަސްވެނިވެފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މި ކޮންފަރެންސް ބާއްވާނީ އަންނަ އަހަރު ފާހަގަކުރާ ރާއްޖެ އިސްލާމްވީ ދުވަހު ކަމަށެވެ. އަންނަ އަހަރަކީ ރާއްޖެ އިސްލާމްވިތާ 900 ވަނަ އަހަރެވެ.
ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ރަބީޢުލްއާޚިރު މަހުގެ 1 އެވެ.
މިނިސްޓަރު ޝަހީމު ވިދާޅުވީ ރާއްޖޭގެ އިސްލާމީ މުސްތަޤުބަލުގެ ލީޑަރުން ބިނާކުރުމަކީ މިނިސްޓްރީގެ އެންމެ ބޮޑު އެއް ޢަޒުމު ކަމަށާއި ރާއްޖޭގައި ޒުވާން ވަރުގަދަ، ރިވެތި އަޚުލާޤުން ޒީނަތްތެެރިވެފައިވާ އިސްލާމީ ޒައާމަތެއް އުފެއްދުމަކީ ރާއްޖެ އިސްލާމީ ޙަޟާރަތުގެ އަސާސްގެ މަތީގައި ތަރައްޤީވެގެން ދާނެ ކަމެއް ކަމަށެ ެވެ.
ޒުވާން ޚަޠީބުން ތަމްރީން ކުރުމުގެ ޕްރޮގުރާމަކީ މިހާރު އިސްލާމިކް މިނިސްޓްރީން އެންމެ އިސްކަމެއް ދީގެން ކުރިއަށް ގެންދާ އެއް ޕްރޮގުރާމެވެ. މީގެ އިތުރުން ޒުވާން ޚަޠީބުންގެ ފެންވަރު ރަނގަޅުކޮށް ލީޑާޝިޕް ހުނަރު އަށަގެންނެވުމަށް އިސްލާމިކް ލީޑާޝިޕް ވޯކްޝޮޕެއް ވެސް ދާދި ފަހުން ބާއްވާފައިވެ އެވެ.
ޒުވާން ޚަތީބުން ތަމްރީނު ކުުރަން ފެށީ މިދިޔަ އަހަރުގެ ޖެނުއަރީން ފެށިގެންނެވެ.