Last Updated: June 7, 11:59
Sunday, June 7, 2026
ޚަބަރު

'ވަރަ' އެކްސްޕޯ ނޮވެންބަރުގައި

އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި "ވަރަ" އެކްސްޕޯ ނަމުގައި ނެޝަނަލް ސްކިލްސް އެންޑް ކެރިއާ އެކްސްޕޯއެއް ބާއްވަން ނިންމައިފި އެވެ.

ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި އެކްސްޕޯގެ މައިގަނޑު އަމާޒަކީ ވަޒީފާ ހޯދާ ފަރާތްތަކާއި، ތައުލީމު ހޯދަބް ބޭނުންވާ ފަރާތްތަކާއި، ވަޒީފާދޭ ފަރާތްތަކާއި، މަތީ ތަޢުލީމުދޭ މަރުކަޒުތަކާއި، އަދި ފަންނީ ތަމްރީނު ދޭ މަރުކަޒުތައް އެއް މަންސަތަކަށް ގެނަން ކަމަށެވެ.

"ވަރަ" އެކްސްޕޯ އަކީ މިދިޔަ އަހަރު ބޭއްވި މިފަދަ އެކްސްޕޯގެ ތަޖުރިބާގެ މައްޗަށް ބިނާކޮށް ބާއްން ނިންމި ހަރަކާތެކެވެ. މިނިސްޓްރީން މި އަހަރުގެ އެކްސްޕޯގައި 15،000 އަށް ވުރެ ގިނަ ވަޒީފާ ހޯދާ ފަރާތްތަކާއި، ދަރިވަރުންނާއި، ޕްރޮފެޝަނަލުން ބައިވެރިވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އަދި މިއީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ބޭއްވޭ ހުނަރާއި ވަޒީފާގެ އެކްސްޕޯ އަށް ވާނެ ކަމަށް ވެސް ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

މި އެކްސްޕޯގައި އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ހުނަރާއި އެންމެ އެކަށީގެންވާ ވަޒީފާގެ ފުރުޞަތުތައް ދެނެގަތުމަށްޓަކައި ޑިޖިޓަލް އިންޓަގްރޭޝަން ބޭނުން ކުރުމެވެ. އަދި ނެޝަނަލް ކެރިއާ ސާވިސް (އެންސީއެސް) ޕޯޓަލް މެދުވެރިކޮށް ވަގުތުން ވަޒީފާއަށް އެޕްލައި ކުރުމާއި، ވަޒީފާ އަށް އެދޭ ފޯމުތައް ޓްރެކް ކުރެވޭނެ އިންތިޒާމް ދައްކުވައި ދިނުމެވެ.

މީގެ އިތުރުން އަލަށް ތައްޔާރުކޮށްފައިވާ ހަޔަ އެޑިއުކޭޝަން މެނޭޖްމަންޓް ސިސްޓަމްގެ ޕޯޓަލް އިންޓަގްރޭޝަން މެދުވެރިކޮށް ތަޢުލީމީ ކޯސްތަކަށް ވަގުތުން ރަޖިސްޓަރީކޮށް އެޕްލައިކުރުން ވެސް އެކްސްޕޯގެ ތެރޭގައި ކުރިއަށް ގެންދާނެ އެވެ.

އެކްސްޕޯގައި ޚާއްޞަ ތިން ތަޖުރިބާ ޒޯނެއް ހިމެނޭނެ އެވެ. އެއ ކެރިއާ ޒޯންގައި ވަޒީފާދޭ ފަރާތްތަކުގެ ބޫތުތަކާއި އިންޓަވިއު ކުރުމަށް ޚާއްޞަކަކުރެވިފައިވާ ސަރަޙައްދުތައް ހުންނާނެ އެވެ. އެޑިޔުކޭޝަން ޕްރޮވައިޑަ ޒޯންގައި ދަރިވަރުންނަށް ހުރި ފުރުސަތުތަކުގެ މަޢުލޫމާތުގެ އިތުރުން، މި ވުޒާރައިން ފޯރުކޮށްދޭ ފަސްޓް ޑިގްރީ ޕްރޮގްރާމަށް އެޕްލައިކުރެވޭނެ ގޮތަށް ހުންނަ ސްޓޭޝަންތަކާއެކު ޢިލްމީ އަދި ފަންނީ މަރުކަޒުތައް ބައިވެރިވާނެ އެވެ. އަދި ސްކިލްސް އެކްސްޕީރިއަންސް ޒޯނުގައި ކާޕެންޓްރީ، އިލެކްޓްރިކަލް އަދި އައި.ޓީ ފަދަ ދާއިރާތަކުގެ ޢަމަލީ ހުނަރުތައް ތަޖްރިބާކުރުމުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

"ވަރަ" އެކްސްޕޯ ގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކަށް މިހާރު އޮތީ ރަޖިސްޓްރީވާން www.varaexpo.mv ހުޅުވާލައިފަ އެވެ. އެކްސްޕޯ ބާއްވާނީ ނޮވެމްބަރު 6-8 އަށެވެ.