Last Updated: June 7, 10:55
Sunday, June 7, 2026
ޚަބަރު

މީހެއްގެ ގައިގައި ކާރުން ޖެއްސި މީހަކު ހައްޔަރަށް

ހުޅުމާލޭގެ މަގެއްގައި ޒިބްރާ ކްރޮސްމަތިން ހުރަސްކުރި މީހެއްގެ ގައިގައި ކާރުން ޖެހި އެކްސިޑެންޓުވުމުން ކާރު މަޑުނުކޮށް ދިޔަ މައްސަލައިފައި ކާރު ދުއްވި މީހާ ހައްޔަރުކޮށްފިއެވެ.

އެ މައްސަލައިގައި ހައްޔަރުކުރީ ފުވައްމުލައް ދަޑިމަގު، ނައިސް، ހާލިދު އަބްދުﷲ އަލީ، 57، އެވެ.

ފުލުހުން ބުނީ އޭނަ ދުއްވި ކާރު މީހެއްގެ ގައިގައި ޖެއްސި މައްސަލަ ފުލުހުންނަށް ރިޕޯޓްކުރީ މި މަހުގެ 21 ވަނަ ދުވަހުގެ ރޭ 9:30 އެހައިކަންހާއިރު އެވެ. އެގޮތުން ހުޅުމާލެ ފޭސް 2 ހިތިގަސްމަގު، އެމްއޭސީއެލް ޓަވަރު ކައިރިން މަގު ހުރަސްކުރި 63 އަހަރުގެ ދިވެހި ފިރިހެނެއްގެ ގައިގައި ކާރުން ޖެހި އެ މީހާ ވެއްޓުމުން ކާރު ވަނީ މަޑުނުކޮށް އެ ސަރަހައްދުން ގޮސްފަ އެވެ.

މި އެކްސިޑެންޓުގައި އަނިޔާވި މީހާގެ އެއް ފައިގެ ކަށިމަތި ވަނީ ބިންދައިގެން ގޮސްފައިވެ އެވެ. އެ މީހާ އަށް އަންނަނީ އައިޖީއެމްއެޗްގްއި ފަރުވާ ދެމުންނެވެ.

ފުލުހުން ބުނީ ކާރު ދުއްވި ހާލިދު ކޯޓް އަމުރެއްގެ ދަށުން ހައްޔަރުކުރީ އިއްޔެ ކަމަށެވެ.