ބޮލީވުޑްގެ ބަތަލާ ކެޓްރީނާ ކައިފް ބަލިވެއިންކަން މިއަދު ރަސްމީކޮށް ކަށަވަރުކޮށް ދީފި އެވެ.
އޭނަ އާއި ފިރިމީހާ އެކްޓަރު، ވިކީ ކޯޝަލްގެ އިންސްޓަގްރާމްގައި މިކަން މިއަދު ހިއްސާކޮށްފައި ވަނީ ދެމަފިރިން އެކީގައި ނަގާފައިވާ ފޮޓޯއަކާ އެކީގަ އެވެ. އޭގެ ކެޕްޝަނުގައި އެ މީހުންގެ ހަޔާތުގެ އެންމެ ހާއްސަ ދަތުރަަށް ފެށުމުގެ މަގުމަތީގައި ތިބި ކަމަށް ބުނެފައިވެ އެވެ.
ކެޓްރީނާ ބަލިވެއިންކަން ކަށަވަރުކޮށް ދީފައި މި ވަނީ އެ ވާހަކަ މީޑިއާތަކުގައި ދެކެވޭތާ ގިނަ ދުވަސްތަކެއް ފަހުންނެވެ. މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އޭނަ ވިހާނީ އަންނަ މަހުގެ 15-30 އާ ދޭތެރޭގަ އެވެ.
ކެޓްރީނާ، 42، އާއި ވިކީ، 37، ކައިވެނިކުރީ 2021 ގަ އެވެ.