Last Updated: June 7, 11:59
Sunday, June 7, 2026
ޚަބަރު

އަނގަ ތެރެއިން ޑްރަގްސް ފެނިގެން ހައްޔަރުކޮށްފި

ރާއްޖެ އިން ބޭރުގައި ހުރެގައި އެނބުރި އައި އިރު، އަނގައިގެ ތެރޭގައި މަސްތުވާގަކެތި ފޮރުވައިގެން އެތެރެވި މީހަކު ހައްޔަރުކޮށްފި އެވެ.

މިދިޔަ އާދީއްތަ ދުވަހު ހައްޔަރުކޮށް، އިއްޔެ ބަންދަށް ފަސް ދުވަސް ޖަހާފައި ވަނީ ފުވައްމުލައް، މިސްކިތްމަގު، އަލިވާ، އުމުރުން މުހީން އިބްރާހިމްދީދީ، 35، އެވެ.

ފުލުހުން ބުނީ އޭނާ އާދިއްތަ ދުވަހު ރާއްޖެ އައި އިރު، ހަށިގަނޑުން ޓްރެފިކިން މިންގަނޑަށް ފެތޭ މިންވަރަށް މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި ފެނިފައިވާ ކަމަށެވެ. އަދި އެ ތަކެތި ފެނުނީ އޭގެ އަނގަތެރެއިންނެވެ.

ފުލުހުން އަންނަނީ މި މައްސަަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.