ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް އިތުރު ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރެއް މިއަދު އައްޔަންކޮށްފި އެވެ.
ފެނަކައިން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކުރެއްވި އާދަމް ތައުފީގަށް މަރުހަބާ ކިޔައިފަ އެވެ.
އާދަމް ތައުފީގަކީ ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. އޭނާ ވަނީ މިދިޔަ މަޖިލިސް އިންތިޚާބުގައި ކުރެންދޫ ދާއިރާއަށް ޕީޕީއެމް/ޕީއެންސީ ޓިކެޓްގައި ވާދަކުރައްވާފަ އެވެ.