Last Updated: July 6, 20:14
Monday, July 6, 2026
ޚަބަރު

ކަނޑަށް ވެއްޓުނު މީހާ އަދިވެސް ނުފެނޭ

ކާގޯ ބޯޓަކުން ކަނޑަށް ވެއްޓުނު މީހާ އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

ކަނޑަށް ވެއްޓިގެން ގެއްލިގެން ހޯދަމުން އަންނަނީ ވިލިމާލެއާ ދިމާލު ބޭރުގައި އޮތް އިންޑިއާގެ ކާގޯ ބޯޓު "އެމްއެސްވީ ޑައުލާ"ގައި ހުރި އިންޑިއާގެ ރައްޔިތެކެވެ.

އޭނާ ހޯދުމުގެ މަސައްކަތް ކަނޑާއި ވައިގެ މަގުން އަންނަނީ ކުރަމުންނެވެ. ނަމަވެސް މިހާތަނަށް ކުރި މަސައްކަތުން އެމީހާ ފެނިފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

އެމީހާ ގެއްލިގެން އުޅޭކަމުގެ މައުލޫމާތު އެމްއެންޑީއެފަށް ލިބުނީ މިދިޔަ ހޯމަ ދުވަހުގެ ރޭ 11:35 ހާއިރު އެވެ.