Last Updated: July 23, 18:20
Thursday, July 23, 2026
ޚަބަރު

ތ. އަތޮޅަށް ވެސް ޕާސްޕޯޓްގެ ހިދުމަތް

ތ. އަތޮޅުގައި ވެސް ޕާސްޕޯޓްގެ ހިދުމަތް ފަށައިފި އެވެ.

އެ ހިދުމަތް އެ އަތޮޅުގައި އިފުތިތާހުކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ތ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ރޭ ވިލުފުށީ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގަ އެވެ.

އެ ބައްދަލުވުމުގައި ޕާސްޕޯޓްގެ ހިދުމަތް އިފުތިތާހުކޮށް ދެއްވީ ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާނެވެ.

ތ. އަތޮޅާ އެކު މިހާރު 16 އަތޮޅެއްގައި މި ވަނީ ޕާސްޕޯޓްގެ ހިދުމަތް ދޭން ފަށައިފަ އެވެ. ސަރުކާރުގެ އަމާޒަކީ އަންނަ މަސް ނިމުމުގެ ކުރިން މުޅި ރާއްޖެ އަށް ހިދުމަތް ފުޅާކުރުމެވެ.