ތ. ވިލުފުށީގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އިސްލާމިކް ބްރާންޗްގެ ބިންގާ އަޅައި، އޭޓީއެމްގެ ޚިދުމަތް މިއަދު ފަށައިފި އެވެ.
މިކަން މިއަދު ކުރިއަށް ގެންދިޔައީ ރައީސް ތ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެެރެއިން ވިލުފުށީގައި ހެނދުނު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
އެ ރަސްމިއްޔާތުގައި ބީއެމްއެލް އިސްލާމިކް ބްރާންޗުގެ ބިންގާ އަޅުއްވައި ދެއްވީ ފިނޭން މިނިސްޓަރު މޫސާ ޒަމީރު، ބީއެމްއެލްގެ ޗެއާޕާސަން އަޙްމަދު ޢަލީ ޙަބީބާއި ބީއެމްއެލްގެ ސީއީއޯ/މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފާއި ވިލުފުށީ ދާއިރާގެ މަޖިލިސް މެމްބަރާއި ވިލުފުށީ ކައުންސިލްގެ ރައީސެވެ.
ވިލުފުށީގެ އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފަށްޓަވައި ދެއްވީ ރައީސް މުއިއްޒެވެ.