ހުޅުމާލޭގައި ޓެކްސީ ކާރެއްގައި ރޯވެ، ބޮޑެތި ގެއްލުންތަކެއްވެއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ ހުޅުމާލޭގެ އަމިން އެވެނިއު ކައިރިން ދުއްވާފައި ދިޔަ ކާރެއްގައި ރޯވިކަމުގެ މައުލޫމާތު ލިބުނީ ރޭ 10:48 އެހާކަށްހާ އިރު ކަމަށެވެ. އަދި އެ މައުލޫމާތު ލިބުމާ އެކު އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަ ސްޓޭޝަންގެ ފަޔަ ސްޓޭޝަނުގެ ފަޔާފައިޓަރުން ކާރު އޮތް ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތްކޮށްފައިވެ އެވެ.

އެގޮތުން ކާރުގައި ރޯލި އަލިފާންގަނޑު ނިއްވާލެވުނީ 11:18 ހާއިރު އެވެ. އޭރު ކާރުގެ ކުރީކޮޅު ވަރަށް ބޮޑަށް އަނދާފައިވެ އެވެ.
އެމްއެންޑީއެފުން ބުނީ އެ ދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވާ ކަމަށެވެ.