Last Updated: June 6, 10:21
Saturday, June 6, 2026
ޚަބަރު

މާރާމާރީއެއްގައި އަނިޔާވި މީހަކަށް ފަރުވާ ދެނީ

އައްޑޫ ހިތަދޫގައި ރޭ ހިންގި މާރާމާރީއަކާ ގުޅިގެން އަނިޔާވި މީހަކަށް ހޮސްޕިޓަލްގައ ފަރުވާ ދޭން ފަށައިފި އެވެ.

ރޭ ދަންވަރު ހިތަދޫ ލިންކް ރޯޑްގައި ހުންނަ ލެގޫން ލޮޖް ކައިރީގައި ތޫނު އެއްޗެހި ބޭނުންކޮށްގެން ހިންގި މާރާމާރީގައި ޒަހަމްވި 34 އަހަރހގެ މީހާ އަށް ފަރުވާ ދެމުން އަންނަނީ އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ އައިސީޔޫގަ އެވެ. މާރާމާރީގައި އޭނަ އަށް ލިބުނު އަނިޔާކާ ގުޅިގެން އޮޕަރޭޝަނެއް ވެސް ކޮށްފައިވެ އެވެ.

މި މާރާމާރީ ހިންގި ސަރަހައްދު ބަންދުކޮށް، ފުލުހުން އެ ސަރަައްދުގައި ރޭ ދަންވަރުން ފެށިގެން މިއަދުގެ ވަރަށް ހެނދުނާ ހަމައަށް ހަރަކާތްތެރިވެފައިވެ އެވެ.

ފުލުހުން ބުނީ، މާރާމާރީގެ މައްސަލަ ފުލުހުންނަށް ރިޕޯޓްކުރީ ރޭ ދަންވަރު 01:17 އެހާކަންހާއިރު ކަމަށެވެ.

ފުލުހުން ބުނީ ޒަހަމްވި މީހާގެ ހަށިގަނޑުގެ ދެ ތަނަކަށް ތޫނު އެއްޗަކުން ހަމަލާ ދީފައިވާ ކަމަށެވެ. ނަމަވެސް މާރާމާރީއާ ގުޅިގެން އެއްވެސް މީހަކު/ބަޔަކު ހައްޔަކުރި ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.