Last Updated: June 6, 10:21
Saturday, June 6, 2026
ޚަބަރު

އިހަވަންދޫ ކައުންސިލުން ޖަމިއްޔާތަކަށް މާލީ އެހީ ދެނީ

ހއ. އިހަވަންދޫ ކައުންސިލުން އެ ރަށުގެ ޖަމިއްޔާތަކަށް މާލީ އެހީ ދޭން ނިންމައި އެކަމާ ގުޅޫ އުސޫލު އާންމުކޮށްފި އެވެ.

ކައުންސިލުން ބުނީ މި އެހީ ދޭން ނިންމީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނޫނުގެ 149 ވަނަ މާއްދާގެ ދަށުން ބާރުލިބިގެން އެ ޤާނޫނުގެ 73 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ކަމަށެވެ.

އެގޮތުން އިހަވަންދޫގައި ހަރަކާތްތެރިވާ މަދަނީ ޖަމްޢިއްޔާ/ޖަމާޢަތްތަކުން އިޖްތިމާޢީ ގޮތުން މުޖުތަމަޢު ބާރުވެރިކުރުމުގެ ގޮތުން އަދި ފައިދާކުރާ ގޮތަށް ހިންގާ މަޝްރޫޢުތަކަށް ކައުންސިލްގެ ބަޖެޓުން މާލީ ގޮތުން އެހީތެރިކަން ފޯރުކޮށް ދޭން ވަނީ ނިންމައިފަ އެވެ. އެގޮތަށް ކައުންސިލުން ފާސްކުރީ މި ދައުރުގެ 203 ވަނަ ރަސްމީ ޖަލްސާގަ އެވެ.

އެގޮތުން ހުށަހަޅާ ޕްރޮޕޯސަލްތަކަށް ރިއާޔަތްކޮށް ޖަމިއްޔާ/ޖަމާއަތްތަކަށް މާލީ އެހީތެރިކަން ދެމުން ދާނެ ކަމަށް އިހަވަންދޫ ކައުންސިލުން ބުންޏެވެ.