Last Updated: July 23, 18:20
Thursday, July 23, 2026
ޚަބަރު

މާމެންދޫ ކައުންސިލްގެ ރައީސަށް ހަމަލާ ދީފި

ގއ. މާމެންދޫ ކައުންސިލްގެ ރައީސް އަަހުމަދު އަޒީޒަށް ހަމަލާ ދީގެން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލަ ރިޕޯޓްކުރީ ރޭ އިރާކޮޅު 7:00 ހާއިރު ކަމަށާއި މާރާމާރީގައި އަނިޔާވި އަޒީޒު ރަށު ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދީފައިވާ ކަމަށެވެ.

ނަމަވެސް އެކަމާ ގުޅިގެން އަދި މީހަކު ހައްޔަރު ނުކުރާ ކަމަށާއި އެކަން އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

އެނގިފައިވާ ގޮތުގައި ރައީސަށް ހަމަލާ ދީފައި ވަނީ އަތޮޅު ކައުންސިލްގެ ކުރީގެ މެންބަރެކެވެ.