ވ. ފުލިދޫ ފަޅުތެރަށް ގިނަ އަދަދަކަށް ކަޅުތެޔޮ އެޅުމާ ގުޅިގެން ސާފު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
އެމްއެންޑީއެފުން ބުނީ އެ ރަށު ފަޅުތެރެއަށާއި ގޮނޑުދޮށަށް ގިނަ އަދަދެއްގެ ކަޅުތެޔޮ ފެތުރިފައިވާތީ، އެ ސަރަހައްދު ކަނޑަށް އިތުރަށް ކަޅުތެޔޮ އެޅިފައިވޭތޯ ބެލުމަށް އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ އުޅަނދު "ހަލަވެލި" ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
ވ.ފުލިދޫ ފަޅުތެރެއަށާއި ގޮނޑުދޮށަށް ގިނަ އަދަދެއްގެ ކަޅުތެޔޮ ފެތުރިފައިވާތީ، އެ ސަރަހައްދު ކަނޑަށް އިތުރަށް ކަޅުތެޔޮ އެޅިފައިވޭތޯ ބެލުމަށް އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ އުޅަނދު ހަލަވެލި ދަނީ ހަރަކާތްތެރިވަމުން. pic.twitter.com/VqmlKArT1C
— Maldives National Defence Force (@MNDF_Official) September 24, 2025
ފުލިދޫ ކައުންސިލް ބުނީ ގޮނޑުދޮށަށް ގިނަ އަދަދަކަށް ކަޅުތެޔޮ ޖަމާވަމުންދާތީ އެމްޓީސީސީގެ ހައިމާކެއް ބޭނުންކޮށްގެން ކަޅުތެޔޮ އެއްގަންކޮށް ވަޅުލެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ކައުންސިލުން ބުނީ އެ ތެލަކީ އަލިހުރަސް ކަނޑަށް އެޅިގެން ނޫނީ ބަޔަކު އަޅައިގެން ފުލިދުއާ ދިމާއަށް އަންނަ ތެޔޮ ކަމަށް ބެލެވޭ ކަމަށާއި ކައިރީގައި އޮންނަ ކޮކޯގިރި ރިސޯޓު ސަރަހައްދުން ވެސް ކަޅުތެޔޮ އަސަރު ފެނިފައިވާކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.