Last Updated: July 6, 18:59
Monday, July 6, 2026
ޚަބަރު

ގާސިމް އެޑްމިޓްކޮށް ފަރުވާ ދެނީ

ގާސިމް އިބްރާހިމް - ފޮޓޯ: މަޖިލިސް

މަޝްހޫރު ވިޔަފާރިވެރިޔާ, ގާސިމް އިބްރާހީމް ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދޭން ފަށައިފި އެވެ.

ގާސިމްގެ ސިއްހީ ހާލަތު ގޯސްވީ އަމިއްލަ ރިސޯޓު، ސަން އައިލެންޑްގައި ހުއްޓާ އިއްޔެގެ ވަގުތެއްގަ އެވެ. ގާސިމް އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަނީ އައިޖީއެމްއެޗު ހޮސްޕިޓަލުގަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އުމުރުން 74 އަހަރުގެ ގާސިމްގެ ހާލުކޮޅު މިހާރު އަންނަނީ ރަނގަޅުވަމުންނެވެ.

ޖުމްހޫރީ ޕާޓީގެ ރައީސްކަން ކުރައްވަމުން ގެންދަވާ ގާސިމަށް މިދިޔަ ޖުލައި މަހު ވަނީ, ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަގަބް (ނ.ޢ.ޢ.ވ) އަރުވައިފަ އެވެ.