ހުޅުމާލޭގެ މަގެއްގައި ޒިބްރާ ކްރޮސްމަތިން ހުރަސްކުރި މީހެއްގެ ގައިގައި ކާރުން ޖެހި އެކްސިޑެންޓުވުމުން ކާރު މަޑުނުކޮށް ދިޔަ މައްސަލައިގައި ހައްޔަރުކުރި ކުރި ކާރު ދުއްވި މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިފި އެވެ.
އެ މައްސަލައިގައި ހައްޔަރުކުރީ ފުވައްމުލައް ދަޑިމަގު، ނައިސް، ހާލިދު އަބްދުﷲ އަލީ، 57، އެވެ.
އޭނާގެ ބަންދު މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ދީފަ އެވެ.
ފުލުހުން ބުނީ އޭނާ ދުއްވި ކާރު މީހެއްގެ ގައިގައި ޖެއްސި މައްސަލަ ފުލުހުންނަށް ރިޕޯޓްކުރީ މި މަހުގެ 21 ވަނަ ދުވަހުގެ ރޭ 9:30 ހާއިރު ކަމަށެވެ. އެގޮތުން ހުޅުމާލެ ފޭސް 2 ހިތިގަސްމަގު، އެމްއޭސީއެލް ޓަވަރު ކައިރިން މަގު ހުރަސްކުރި 63 އަހަރުގެ ދިވެހި ފިރިހެނެއްގެ ގައިގައި ކާރުން ޖެހި އެ މީހާ ވެއްޓުމުން ކާރު ވަނީ މަޑުނުކޮށް އެ ސަރަހައްދުން ގޮސްފަ އެވެ.
މި އެކްސިޑެންޓުގައި އަނިޔާވި މީހާގެ އެއް ފައިގެ ކަށިމަތި ވަނީ ބިންދައިގެން ގޮސްފައިވެ އެވެ. އެ މީހާ އަށް އަންނަނީ އައިޖީއެމްއެޗްގްއި ފަރުވާ ދެމުންނެވެ.