Last Updated: July 6, 17:47
Monday, July 6, 2026
ޚަބަރު

އިސްލާމްދީނަކީ ދިވެހިންގެ ނަސީބުގެ އެއް އަސްލު

ކުރީގެ ރައީސް މުހައްމަދު ނަޝީދު - ފޮޓޯ: ރައީސް އޮފީސް

އިސްލާމްދީނަކީ ދިވެހިންގެ ނަސީބުގެ އެއް އަސްލު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރާއްޖެ އިސްލާމުވި ދުވަހާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ ރާއްޖެއަށް އިސްލާމްދީނުގެ ހިދާޔަތު ފެތުރުނީ ގިނަ ދުވަސްތަކެއްގެ މަސައްކަތުން ކަމަށެވެ. އަދި މިއަދު ފާހަގަކުރަނީ ރަދުންނާއި ވެރިރަށް މާލެ، އިސްލާމްދީން ގަބޫލުކުރި ދުވަސް ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އިސްލާމްދީނަކީ ދިވެހިންގެ ނަސީބު، އެމުނި އެކުލެވުމުގެ އެއް އަސްލު،" ނަޝީދު ވިދާޅުވި އެވެ.

ރާއްޖެ އިސްލާމުވި ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ހިޖުރީ ސަނަތުން ކޮންމެ ރަބީޢުލްއާޚިރު މަހެއްގެ 2 ވަނަ ދުވަހެވެ.

އަންނަ އަހަރަކީ ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ އަހަރު ކަމަށްވާއިރު، އެކަން ފާހަގަކުރަން އަންނަ އަހަރު ގިނަ ހަރަކާތްތަކެއް ހިންގާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.